ނުހުޅުވާނަމޭ ބުނި ރަފާޙް ބޯޑަރު އަންނަ ހަފްތާގައި ހުޅުވަނީ

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 23 ޖެނުއަރީ 2026 10:20
ބޯޑް އޮފް ޕީސް ޗާޓަރުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ބޯޑް އޮފް ޕީސް ޗާޓަރުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ޚުލާސާ

ޣައްޒާގެ އާ ޓްރާންސިޝަން ކޮމިޓީގެ ވެރިޔާ އަލީ ޝާތު ވިދާޅުވީ އަންނަ ހަފްތާގައި ބޯޑަރު ހުޅުވާނެ ކަމަށް

މުއްދަތެއް ނެތް ގޮތަށް ޒައެނިސްޓް އިސްރާއީލުން ބަންދު ކޮށްފައިވާ ޣައްޒާ އާއި މިސްރާއި ދެމެދު އޮންނަ ރަފާޙް ބޯޑަރު އަންނަ ހަފްތާގައި ހުޅުވާލައި ދެ ދިމާލަކަށް ދަތުރު ކުރެވޭނެ ގޮތް ހަދާނެ ކަމަށް ޣައްޒާގެ އާ ޓްރާންސިޝަން ކޮމިޓީގެ ވެރިޔާ އަލީ ޝާތު ވިދާޅުވެއްޖެއެވެ. އޭނާ މިކަން އިއުލާން ކުރެއްވީ ބޯޑް އޮފް ޕީސް ޗާޓަރުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.

ޝާތު ވިދާޅުވީ ޣައްޒާގައި ހަމަޖެހުން ގާއިމް ކޮށް، މުއައްސަސާތައް އަލުން ބިނާ ކުރާނެ ކަމަށެވެ.

ޣައްޒާ އާރާސްތު ކުރާނީ އައްސޭރިފަށުގައި ޓޫރިޒަމް ޒޯން ތަކެއް ވެސް ހުޅުވައިގެން ކަމަށް، އެގްޒެކެޓިވް ބޯޑުގެ މެންބަރު އަދި ޓްރަމްޕުގެ ދަރިކަނބަލުންގެ ފިރިމިހާ ޖޭރެޑް ކުޝްނާ ބުންޏެވެ. އޭނާ ވަނީ ޣައްޒާގައި ގާއިމް ކުރާނެ މިކްސްޑް ޔޫސް ޓަވަރުތަކާއި އަދި ސިނާއީ ސަރަހައްދުތައް ހިމެނޭ މެޕްތަކެއް ވެސް މި ރަސްމިއްޔާތުގައި ދައްކާލާފައެވެ.

ރަފާހުގެ އާ ޕްލޭންތަކުގެ ތެރޭގައި 100،000 އަށް ވުރެ ގިނަ ދާއިމީ ހައުސިން ޔުނިޓާއި 180 އަށް ވުރެ ގިނަ ސަގާފީ އަދި ދީނީ މަރުކަޒާއި އަދި ތައުލީމާއި ގުޅުން ހުރި 200 އަށް ވުރެ ގިނަ ތަންތަނާއި 75 އަށް ވުރެ ގިނަ މެޑިކަލް ސެންޓަރު ހިމެނެއެވެ.

އެ ޕްލޭންގައި ޙަމާސްގެ ހަތިޔާރު ތައް ނައްތާލާ އުސޫލުތައް ކަނޑައަޅާފައިވާއިރު، ސިވިލް އޮތޯރިޓީއެއް އޮންނަން ޖެހެއެވެ. މީގެ އިތުރުން، ހަތިޔާރު ހަވާލުކުރާ ޙަމާސްގެ މުޖާހިދުންނަށް މައާފު ދިނުން ވެސް ހިމެނެއެވެ.

ކުޝްނަރ ވިދާޅުވީ ޣައްޒާގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ވޮޝިންޓަންގައި ވަރަށް އަވަހަށް ކޮންފަރެންސެއް ބާއްވާނެ ކަމަށާއި،"އަޖައިބު ކުރުވަނިވި އިންވެސްޓްމަންޓް ފުރުސަތުތަކެއް ހުންނާނެ”، ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%