ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސިޕޮން އަލީ (21) އާއި ޖުވެލް ރަނާ (32އ) އާއި އެމްޑީ ނަޒްރުލް އިސްލާމް (20) އާއި އެމްޑީ އިބްރާހީމް (22އ) ކަމަށެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މީހުން ހައްޔަރުކޮށް، މާލޭ މާފަންނު ގެއެއް ބަލައިފާސްކުރިއިރު، 54 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން، އެ މީހުން ގެންގުޅުނު ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






