Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 168 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލްކޮށްފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 168 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
230 ދުވަސް ކުރިން - 22 ޖެނުއަރީ 2026 19:11
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް އެމްޓީސީސިީން ކުރަނީ--- ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް އެމްޓީސީސިީން ކުރަނީ--- ފޮޓޯ: އެމްޓީސީސީ
ޚުލާސާ

އަންނަ ރަމަޟާން މަހުގެ ކުރިން މި މަގުގެ މަސައްކަތް އެއްކޮށް ނިންމާލުމަކީ އެމްޓީސީސީގެ އަމާޒު

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 168 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލްކޮށްފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބޮޑުތަކުރުފާނު މަގުގެ އިމާރާތްތަކާވީ ފަރާތުގެ ދުވާރު ހަދައި ނިމިފައިވާ ކަމަށާއި، ޖުމްލަ 168 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިއީ ޝީޓް ޕައިލްކުރުމުގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތެވެ.

Advertisement

Advertisement 1

އެމްޓީސީސީން ބުނީ ފެން ހިންދާ ނިޒާމާއި، ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބިން ހިއްކުމާއި އެންކާ ބްލޮކް ޖެހުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތް ނިމުމުން އެ މަގަކީ ދެކޮޅަށް ދުއްވޭ، ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ މަގުތަކަކަށްވެގެންދާނެ އެވެ. މީގެ އިތުރުން ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ނިމުމުން މާލޭގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.

އެމްޓީސީސީގެ އަމާޒަކީ، އަންނަ ރަމަޟާން މަހުގެ ކުރިން ބޮޑުތަކުރުފާނު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމައި، އާންމު ދަތުރުފަތުރަށް އެ މަގު ހުޅުވާލުމެވެ.

އެމްޓީސީސީބޮޑުތަކުރުފާނު މަގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގައި ފަށަނީ

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމް މިހަފްތާގައި ފަށަނީ

1 ދުވަސް ކުރިން - 12:00

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

9 ދުވަސް ކުރިން - 18:45

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

13 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

14 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

16 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

17 ދުވަސް ކުރިން - 18:22