Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިފްކޯއިން 10 ކިލޯގެ ކަންނެލި 20 ރުފިޔާއަށް ގަންނަން ފަށައިފި

މިފްކޯއިން 10 ކިލޯގެ ކަންނެލި 20 ރުފިޔާއަށް ގަންނަން ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
164 ދުވަސް ކުރިން - 22 ޖެނުއަރީ 2026 16:07
ދޯންޏަކުން ކަނޑުއޮތްގިރިއަށް ބޮޑުކަންނެލި ކިރުވަނީ--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ދޯންޏަކުން ކަނޑުއޮތްގިރިއަށް ބޮޑުކަންނެލި ކިރުވަނީ--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޚުލާސާ

މިފްކޯއިން ވަނީ މި މަހުގެ 11 ވަނަ ދުވަހު ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނެސް ރަސްމީކޮށް ބޮޑު ކަންނެލި ގަންނަން ފަށައިފަ

މިފްކޯއިން 10 ކިލޯގެ ކަންނެލި 20 ރުފިޔާއަށް ގަންނަން ފަށައިފި އެވެ.

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ސޮއިކުރައްވާ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްތަކަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ، 20 ޖެނުއަރީ 2026 ވަނަ ދުވަހުން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ބޮޑު ކަންނެލި ގަންނަމުން ގެންދާނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި 20 ރުފިޔާއަށް އަދި 15 ކިލޯއަށްވުރެ މަތީގެ ކަންނެލި 25 ރުފިޔާއަށް ކަމަށެވެ.

Advertisement

Advertisement 1

މިފްކޯއިން މި ނިންމުން ނިންމާފައިވާއިރު މި މަހުގެ 11 ވަނަ ދުވަހު ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނެސް މިފްކޯއިން ވަނީ ރަސްމީކޮށް ބޮޑު ކަންނެލި ގަންނަން ފަށައިފަ އެވެ. ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނެސް މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފަށާފައި މިވަނީ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ބޮޑު ކަންނެލި މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ފަރާތްތައް ނަމަވެސް އެ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފްކޯއަށް ބޮޑު ކަންނެލި ނުކިރުމެވެ. އެހެން ނަމަވެސް ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނެސް މިފްކޯއިން ވަނީ ރަސްމީކޮށް ބޮޑު ކަންނެލި ގަންނަން ފެށުމާއެކު މިކަމަށް ވެސް މި ވަނީ އެދެވޭ ހައްލެއް ލިބިގެން ގޮސްފަ އެވެ.

މަސްވެރިކަމުގެ ސިނާއަަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ.

މިފްކޯބޮޑުކަންނެލި މަސްވެރިކަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

13 ގަޑިއިރު ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

13 ގަޑިއިރު ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

16 ދުވަސް ކުރިން - 16:24

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

16 ދުވަސް ކުރިން - 15:47

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު ބަލައިފިންތަ؟ ޚުލާސާއިން ބެލިއިރު މިއަދުވެސް ހުރީ 20 ރުފިޔާގައި

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު ބަލައިފިންތަ؟

22 ދުވަސް ކުރިން - 14:31

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

26 ދުވަސް ކުރިން - 09:03