Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މި އަހަރު މަސްދަޅު ކޭސް ނެގުމަށް ކިއުގައި ޖެހޭކަށް ނުޖެހޭނެ: މިނިސްޓަރު ޝަރީފް

މި އަހަރު މަސްދަޅު ކޭސް ނެގުމަށް ކިއުގައި ޖެހޭކަށް ނުޖެހޭނެ: މިނިސްޓަރު ޝަރީފް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
164 ދުވަސް ކުރިން - 22 ޖެނުއަރީ 2026 16:05
ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު--- ފޮޓޯ: ރައީސް އޮފީސް
ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭސް ބެހުމަށް ސަރުކާރުން ވަނީ ނިންމައިފަ

މި އަހަރު މަސްދަޅު ކޭސް ނެގުމަށް، ކިއުގައި ގިނައިރު ހޭދަކުރަން ނުޖެހޭނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަރީފް މި މޭރުމުން ވިދާޅުވީ މިއަދު ރަށްވެހި މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީއްސުރެ ކޮންމެ އަހަރަކު ވެސް ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ވެސް މިންވަރެއް ސަރުކާރުގެ ފަރާތުން ހަދިޔާކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރާއި މި އަހަރުވެސް ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭސް ބެހުމަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1

މިނިސްޓަރު ޝަރީފް ވިދާޅުވީ މިއަދު 12:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ހުރިހާ ފަރާތްތަކަށްވެސް ޓޯކަން ނެގުމަށް ރަޖިސްޓްރީ ހުޅުވާލެވިގެންދާނެ ކަމަށެވެ. އަދި މި މަސްދަޅު ކޭސް ނެގުމުގައި އެއްވެސް ފަރާތަކުން ކިއުގައި ޖެހެން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޕޯޓަލް މެދުވެރިކޮށް މި އިންތިޒާމު ހަމަޖައްސައިދިނުން،" --- މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.

މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރުމަށް ރާވާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:30 އިން ފެށިގެން ކޮންމެ ރެއެއްގެ 11:00 އާއި ހަމައަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެވެ. މިނިސްޓަރު ޝަރީފް ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ކުރިން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރު ޝަރީފް ވިދާޅުވީ، މާލޭ ސިޓީގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ބަލާނީ ގޭބިސީގެ ގޮތުގައި ވަކި ކަރަންޓު މީޓަރު ނަންބަރެއް ލިބިފައިވާ ކޮންމެ ބަޔަކީ ވެސް މީގެ ތެރޭގައި ހިމެނޭނެ ބައެއް ކަމަށެވެ. އަތޮޅުތެރޭގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ބަލާނީ އެ ރަށްރަށުން މިނިސްޓްރީން ހޯދާފައިވާ ގޭބިސީތަކުގެ ލިސްޓުގައިވާ ގޮތުގެ މަތިން މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީން އެއްކުރި މައުލޫމާތަށް ބަލާއިރު، އަތޮޅުތަކުގައި ޖުމްލަ 56،918 ގޭބިސީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި މާލޭ ސަރަހައްދުގައި ޖުމްލަ 61،755 ގޭބިސީ ރަޖިސްޓްރީ ކޮށްފައިވާކަން އެނގޭ ކަމަށް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ. އެހެން ކަމުން ޖުމްލަ 118،673 ގޭބިސީއަކަށް މަސްދަޅު ކޭސް ލިބޭނެ ކަމަށް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު މާލޭގެ އަށް ތަނަކުން، ވިލިމާލޭގެ އެއް ތަނަކުން އަދި ހުޅުމާލޭގެ ހަ ތަނަކުން މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

މާލޭގައި މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަން:

  1. މިފްކޯ މަރުކަޒު
  2. ސޯޝަލް ސެންޓަރު
  3. އެމްޓީސީސީ ސޯމިލް
  4. ހެންވޭރު ބޯޅަ ދަނޑު
  5. ގަލޮޅު ބޯޅަ ދަނޑުގެ ހަތަރު ފަރާތް

ހުޅުމާލޭގައި މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަން:

  1. އުމަރު ޒާހިރު ބިލްޑިން
  2. ޕޮލްކޯ ޓަވަރު
  3. މުހައްމަދު ގާސިމް ޕްރީސުކޫލް
  4. ކާމިލް ދީދީ ސްކޫލް
  5. ހިޔާ ޓަވަރު 10
  6. ވިނަރެސް ފްލެޓް

މީގެ އިތުރުން ވިލިމާލޭ ވެމްކޯ ސައިޓުން މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ވެސް މަސްދަޅު ކޭސް ލިބޭނެކަން ކަށަވަރުކުރައްވާނެ ކަމަށެވެ. މިކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ 7741446 ގުޅުއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ސިޓީސް މިނިސްޓްރީ (އުވާލެވިފައި)މިނިސްޓަރ އާދަމް ޝަރީފް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

52 ދުވަސް ކުރިން - 12:11

ކުރިއަށް ދާނީ ރައީސް މުއިއްޒުއާ އެކު، ޕީއެންސީގެ ހަރަކާތްތަކުން ފެންނާނެ: އާދަމް ޝަރީފް

ކުރިއަށް ދާނީ ރައީސް މުއިއްޒުއާއެކު: އާދަމް ޝަރީފު

78 ދުވަސް ކުރިން - 18:27

އައްޑޫ ސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވައިފި

އައްޑޫސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފާއި ބައްދަލުކުރައްވައިފި

88 ދުވަސް ކުރިން - 21:22

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ތިނަދޫ ސިޓީ މޭޔަރު

"ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން"

88 ދުވަސް ކުރިން - 21:19

ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން: މިނިސްޓަރު އާދަމް ޝަރީފް

"ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން"

91 ދުވަސް ކުރިން - 14:04

އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ: މިނިސްޓަރ އާދަމް ޝަރީފް

"އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ"

122 ދުވަސް ކުރިން - 16:19