ބޮޑެތި ޑިސްކައުންޓް ތަކާއި އިނާމްތަކާއެކު އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ މި އަހަރުގެ ރޯދަ ސޭލް ފަށައިފި އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ ރޯދަ ޕުރޮމޯޝަން ލޯންޗު ކޮށްފައިވަނީ ރޭ ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގަ އެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ. އަދި އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރު މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުންވެސް ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.
އެސްޓީއޯ އިން ބުނީ މި ރޯދަ ޕުރޮމޯޝަންގެ މައިގަނޑު މަގުސަދަކީ ރޯދަ މަހު ގޭތެރެ ޒީނަތްތެރި ކުރުމާއި ކުލަލުމާއި މަރާމާތު ކުރުމަށް ބޭނުންވާ ފަރާތަކަށް، އެކަން ކުރުމަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ތަކެތި ހެޔޮ އަގެއްގައި އެފަރާތްތަކަށް ފޯރުކޮށް ދިނުން ކަމަށެވެ.
ކޮންމެ ރޯދަ މަހަކާއި ދިމާކޮށް އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސުން ކޮންމެ އަހަރަކުވެސް ރޯދަ މަހަށް ހާއްސަ ޕުރޮމޯޝަންތަކެއް ހުޅުވާލަ އެވެ. އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ މިއަހަރުގެ ރޯދަ ސޭލްގައި ވެސް ބޮޑެތި ޑިސްކައުންޓުތަކާއި އިނާމުތަކެއް ވަނީ ހިމަނާފަ އެވެ.
އެގޮތުން އެސްޓީއޯގެ މި އަހަރުގެ ރޯދަ ސޭލްގައި ޑިސްކައުންޓް އެޅުވިފައި ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކެގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓް ތަކުގަ އެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ޕުރޮޑަކްޓުތަކުން %50 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި މަކިޓާގެ ބައެއް ޓޫލްސް ތަކުން %70 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި އެސްޓީއޯގެ ރީޖަނަލްސް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ވެސް މި ޑިސްކައުންޓްތައް ލިބިގެންދާނެ އެވެ. އަދި މި ރީޖަނަލް އައުޓްލެޓްތަކުން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓްތައް ބައްލަވައިގަންނަ ފަރާތްތަކަށް ވެސް ލަކީ ޑްރޯގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި އަހަރުގެ އެސްޓިއޯގެ ރޯދަ ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހާޑްވެއާ އާ ވެސް ގުޅިގެންނެވެ. އެހެންކަމުން ވެލިގާ ހާޑްވެއާ އިން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްކަތުންވެސް މި ޕުރޮމޯޝަންގައި ޑިސްކައުންޓް ލިބިގެންދާނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 22 ޖެނުއަރީ 2026 ން ފެށިގެން 26 މާޗް 2026 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ކުރާ ކޮންމެ 500ރ އަކަށް ކޫޕަނެއް ލިބިގެންދާނެ އެވެ. ކޫޕަން ތަކުން ނެގޭ ލަކީ ޑްރޯ އިން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހެޅިފަ އެވެ. އެ އިނާމުތަކަކީ؛
- 1 ވަނަ އިނާމު - 50،000ރ ގެ ގިފްޓް ވައުޗަރު
- 2 ވަނަ އިނާމު - 20،000ރ ގެ ގިފްޓް ވައުޗަރު
- 3 ވަނަ އިނާމު - ސްޓޯން ހޮޓެލްގައި 2 މީހަކަށް 2 ދުވަހުގެ ހުރުން
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީ މަގު ފިހާރައިންނާއި މާލެ މަކިޓާ ޝޯރޫމުންނާއި ހުޅުމާޅެ ކޮންސަޓްރަކްޝަންސް ޝޯރޫމުގެ އިތުރުން މާލެ އަދި ހުޅުމާލޭގެ ވެލިގާ ހާޑްވެއާ އައުޓްލެޓްތަކުގަ އެވެ.






