އެމްޕީއެލް ފަޅުގައި އޮތް ބާޖަކުން މޫދަށް ވެއްޓި އެކުންފުނީގެ މުވައްޒަފެއް ނިޔާވެއްޖެ

މުހައްމަދު ޖަމްޝަތު | 38 ދުވަސް ކުރިން - 22 ޖެނުއަރީ 2026 12:21
މާލޭގެ ވިޔަފާރި ބަނދަރު----
މާލޭގެ ވިޔަފާރި ބަނދަރު----
ޚުލާސާ

މި ހާދިސާގައި މޫދަށް ވެއްޓުނު އެމްޕީއެލްގެ މުވައްޒަފު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނޭ

އެމްޕީއެލްގެ ޕޯޓް ޑިސްޗާޖް ސަރަހައްދުގެ ޑިއުޓީގައި ހުރި މުވައްޒަފަކު ފިޓްޖެހިގެން މޫދަށް ވެއްޓި ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވީ އެމްޕީއެލްގެ ފްލީޓް ސާވިސް ޑިޕާޓްމަަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމު އަދާކުރަމުން ދިޔަ އަމީން އަބްދުލް ހަމީދު، ދެކުނުގެ / ގއ ދެއްވަދޫ (30އ) އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 10:40 ހާއިރު އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގުބޯޓު ދޭތެރެޔަށް އެމްޕީއެލްގެ މުވައްޒަފަކު ވެއްޓި އަނިޔާވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނު ކަަމަށެވެ. އަދި ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުން އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

"ޚުލާސާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން މޫދަށް ވެއްޓުނީ އެމްޕީއެލް ޕޯޓްގައި އޮތް ބާޖަކުން އަނެއް ބާޖަށް އަރަން އުޅުމުގެ ތެރޭގަ އެވެ. އަދި މޫދަށް ވެއްޓުނީ ފިޓު ޖެހިގެންކަން ވެސް ވަނީ އެނގިފަ އެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ޑިއުޓީގަައި ހުއްޓާ ފިޓު ޖެހ،ި އަަމީން ވެއްޓުނީ އެމްޕީއެލް ބަަނދަރުގެ ހުޅަނގު ފަރާރުގެ ޖެޓީ ސަރަހައްދަށް ކަމަށެވެ. އަދި މި ހާދިސާ ހިނގުމާއެކު އެމްޕީއެލްގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓުގެ އެމަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ އެމްބިއުލާންސްގައި އައިޖީއެމްއެޗް އަށް އަމީން ގެންދިޔަ ކަމަށާއި އަމީން ނިޔާވީ ފަރުވާދެމުން ދަނިކޮށް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%