Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
185 ދުވަސް ކުރިން - 21 ޖެނުއަރީ 2026 19:22
ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ތެރެއިން/ ފޮޓޯ: މިނިސްޓްރީ
ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ތެރެއިން/ ފޮޓޯ: މިނިސްޓްރީ
ޚުލާސާ

މި މަސައްކަތުގެ އަމަލީ ނަތީޖާއާ ހަމައަށް ދިއުމަށްޓަކައި ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާ މަޝްވަރާކުރަން ވަނީ ފަށާފައިވާ.

ސްވިޒަލޭންޑުގެ ދާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ތެރެއިން، ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޓިކްޓޮކްގެ މެޓަޕްސާ ސަރަހައްދުގެ ގަވަރުމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރު ގެލެންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މިއީ ރާއްޖޭގެ ޒުވާނުންނަށް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް މާލީ މަންފާ ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި އުފެއްދުންތެރިންނަށް ޓިކްޓޮކް ޕްލެޓްފޯމް މަނިޓައިޒް ކުރެވޭނެ ނުވަތަ އެއިން މާލީ މަންފާ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ، ޒުވާނުންނަށް ޑިޖިޓަލް އިގްތިސާދެއްގެ ތެރެއިން ފުރުސަތުތައް ހޯދައިދިނުމުގެ ވައުދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

Advertisement

Advertisement 1

ސައީދު ވިދާޅުވީ، ޓިކްޓޮކް ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކާއެކު މިފަދަ ގުޅުންތައް ގާއިމުކުރުމަކީ ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގެ ދޮރުތައް ހުޅުވި، ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި އަމަލީ ނަތީޖާއަކާ ހަމައަށް ދިއުމަށްޓަކައި ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާ ވާހަކަދައްކަން ފަށާފައިވާ ކަމަށާއި، މިކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިފައިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ ކުރިންވެސް މިފަދަ މަޝްވަރާތަކެއް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ޓިކްޓޮކްގެ މަތީ ފަންތީގެ ވަފުދެއް މީގެކުރިން ރާއްޖެއަށް ޒިޔާރަތްކޮށް، އިކޮނޮމިކް މިނިސްޓްރީއާއެކު ފަންނީ މަޝްވަރާތަކެއް ބާއްވާފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފަހި މަގުތަކެއް ހުޅުވައިދިނުން ކަަމަށްވެސް މިނިސްޓަރު ފާހަގަކުރި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްމިނިސްޓަރު މުހައްމަދު ސައީދުޓިކްޓޮކް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

3 ދުވަސް ކުރިން - 23:42

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: ސައީދު

12 ދުވަސް ކުރިން - 21:20

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

15 ދުވަސް ކުރިން - 16:25

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

24 ދުވަސް ކުރިން - 12:10

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

39 ދުވަސް ކުރިން - 14:32

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

40 ދުވަސް ކުރިން - 11:57