Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓްރަމްޕް އުޅެނީ ހިޖުރަ އޮޅިގެން - ޑެންމާކް

ޓްރަމްޕް އުޅެނީ ހިޖުރަ އޮޅިގެން - ޑެންމާކް

ހުސައިން އިސްމާއިލް
231 ދުވަސް ކުރިން - 21 ޖެނުއަރީ 2026 09:46
ގުރީންލޭންޑަކީ ވިއްކާ ތަނެއް ނޫން ކަމަށް ބުނެ މުޒާހަރާ ކުރަނީ
ގުރީންލޭންޑަކީ ވިއްކާ ތަނެއް ނޫން ކަމަށް ބުނެ މުޒާހަރާ ކުރަނީ
ޚުލާސާ

ޓަރްމްޕަށް ކުރި އިޙްތިރާމް ގެއްލިއްޖެ ކަމަށާއި އިނަފް އިޒް އިނަފް ކަމަށް ބުނެ، ގްރީންލޭންޑަކީ ވިއްކާ ތަނެއް ނޫން ކަމަށް ޑެންމާކުގެ ކުރީގެ ބޮޑުވަޒީރު ބުނެފި

ޑެންމާކުގެ ކުރީގެ ބޮޑުވަޒީރު އެންޑަސް ފޯގް ރަސްމުސެން

ގްރީންލޭންޑަކީ އެމެރިކާ އިން ބޭނުންވާ އިރަށް ވިއްކަން ހުރި މުދަލެއް ނޫން ކަމަށް ޑެންމާކުގެ ކުރީގެ ބޮޑުވަޒީރު އަދި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމުސެން ބުނެފިއެވެ. އޭނާ ބުނީ ގްރީންލޭންޑާއި ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަތައް ދައްކައި ޓްރަމްޕް ގެންދަނީ ގަދަބަސް ބުނަމުން ކަމަށާއި، އެކަމާއި ދެކޮޅަށް ޔޫރަޕުން ވަރުގަދަ ސްޓޭންޑެއް ނަގައި އިގްތިސާދީ ގޮތުންނާއި ސަލާމަތީ ގޮތުން ގްރީންލޭންޑަށް އެއްބާރުލުން ދިނުމަށް އެއްބަސްވުން ތަކެއް ހުށަހަޅަން ޖެހޭ ކަމަށެވެ.

Advertisement

Advertisement 1

ރަސްމުސެން އަކީ 2009–2011 އަދި 2015–2019 އާއި ހަމަޔަށް ޑެންމާކުގެ ބޮޑުވަޒީރެވެ.

އިކޮނޮމިސްޓަށް ލިޔުނު ރިޕޯޓެއްގައި އޭނާ ބުނީ، އޭނާ އަކީ ޒަމާނުއްސުރެ އެމެރިކާއަށް ތާއީދު ކުރާ މީހެއް ކަމަށެވެ. ނަމަވެސް ޑެންމާކުގެ ބޮޑުވަޒީރާއި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ބުނާ ނަމަ، އެމެރިކާގެ އެންމެ ވަފާތެރި އެއް އެކުވެރިޔާ ކަމަށްވާ ޑެންމާކާއި ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޢަދާވާތްތެރި ހަމަލާތައް ބަލާފައި މިހާރު ބުނަން ޖެހޭނީ “އިނަފް އިޒް އިނަފް” ކަމަށެވެ.

އޭނާ ބުނީ ގްރީންލޭންޑަކީ އެމެރިކާއަށް ނުރައްކަލެއް ނޫން ކަމަށާއި އެއީ ނޭޓޯގެ ހިމާޔަތެއް ކަމަށެވެ.

ޓްރަމްޕް ބުނެފައި ވަނީ ޗައިނާ ނުވަތަ ރަޝިއާ އިން ގްރީންލޭންޑް ހިފުމުގެ ކުރިން އެ ރަށުގެ ބާރު އެމެރިކާގެ މުށުތެރެއަށް ލާން ޖެހޭ ކަމަށެވެ. އެއަށް ރައްދު ދެއްވައި ރަސްމުސެން ބުނީ ރަޝިޔާ ނުވަތަ ޗައިނާއިން ގްރީންލޭންޑަށް އަތްގަދަކުރަން މަސައްކަތް ކުރާނަމަ، އެމީހުންނާއި ބައްދަލުކުރާނީ ހަމައެކަނި ޑެންމާކުގެ ސިފައިންނެއް ނޫން ކަމަށާއި، “ނޭޓޯގެ އެކުވެރި ގައުމުތަކުގެ އެއްބައިވަންތަ ބާރު.” ކަމަށެވެ.

1951 ވަނަ އަހަރު އެމެރިކާއާއި ޑެންމާކާއި ދެމެދު ވެވުނު ސަލާމަތީ އެއްބަސްވުމުގެ ދަށުން، އިޤްތިޞާދީ އިނާޔަތްތަކާއި އެކު، އެމެރިކާ ސިފައިން އެތަނުގައި ބޭތިއްބިދާނެ ކަމަށް ރަސްމުސަން ހުށަހެޅިއެވެ.

"އެމެރިކާގެ ކުންފުނިތަކުން ގްރީންލޭންޑްގެ ވަސީލަތްތަކަށް އިތުރަށް އިންވެސްޓް ކުރަން ބޭނުން ނަމަ... އެމީހުންނަށް މަރުހަބާ ކިޔާނެ،" އޭނާ ލިޔެފައި ވެއެވެ.

އެމެރިކާއިން ގްރީންލޭންޑްގެ އިސްތިގުލާލަށް ގޮންޖަހާ ނަމަ ޔޫރަޕުން ވަރުގަދަ ރައްދެއް ދިނުމަށް ރަސްމުސަން ގޮވައިލިއެވެ.

މީގެ އިތުރުން އޭނާ ބުނީ ޓްރަމްޕްގެ ވެރިކަމުގައި ޔޫރަޕްގެ ރަށެއް ހިފަން މަސައްކަތް ކުރާނަމަ، އެމެރިކާއަށް ކުރިމަތިވާނީ އީޔޫގެ އިގްތިސާދީ ‘ބަޒޫކާ’ ގެ ފުރިހަމަ ބާރާއި އަދި އިމްޕޯޓާއި އެކްސްޕޯޓަށް ބޮޑެތި ހުރަސް ތަކަކާއެވެ. އެމެރިކާގެ ކުންފުނިތަކަށް ވެސް ޔޫރަޕްގައި އެއްވެސް މަސައްކަތެއް ނުލިބޭނެ ކަމަށާއި ޕަބްލިކް ޕްރޮކިއުމަންޓުން ވެސް ކަނޑާލަނެ ކަމަށަ ބުންޏެވެ.

ގްރީންލޭންޑްޑެންމާކްޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

6 ދުވަސް ކުރިން - 12:47

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

20 ދުވަސް ކުރިން - 04:34

ޓްރަމްޕުގެ މަގުބޫލުކަން %33 އަށް ދަށަށް!

ޓްރަމްޕުގެ މަގުބޫލުކަން %33 އަށް ދަށަށް!

22 ދުވަސް ކުރިން - 11:21

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

23 ދުވަސް ކުރިން - 11:18

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

48 ދުވަސް ކުރިން - 20:16