ރަފާހްގެ ބޯޑަރު ނުހުޅުވަން އިސްރާއީލުން ނިންމައިފި

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 21 ޖެނުއަރީ 2026 09:42
އެހީގެ ސާމާނުން ފުރިފައިވާ އެހީގެ ޓްރަކްތައް މިސްރުގެ ރަފާހު ބޯޑަރު ކައިރީގައި ތާށި ވެފައި - ބޯޑަރު ހުޅުވަން އިސްރާއީލުން ދަނީ ދެކޮޅު ހަދަމުން.
އެހީގެ ސާމާނުން ފުރިފައިވާ އެހީގެ ޓްރަކްތައް މިސްރުގެ ރަފާހު ބޯޑަރު ކައިރީގައި ތާށި ވެފައި - ބޯޑަރު ހުޅުވަން އިސްރާއީލުން ދަނީ ދެކޮޅު ހަދަމުން.
ޚުލާސާ

14 އޮކްޓޯބަރ 2025 އިން ފެށިގެން މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފައިވާ ރަފާހްގެ ބޯޑަރު ނުހުޅުވަނީ ޣައްޒާ އާރާސްތު ކުރުމުގައި އިސްރާއީލާއި މަޝްވަރާ ނުކުރާތީ

އެމެރިކާއިން ޑިމާންޑް ކުރި ނަމަވެސް، ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާ ކޮމެޓީ ތަކަށް ރަފާހުގެ ބޯޑަރެއް ނުހުޅުވާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއީލުން މިގޮތަށް ބުނެފައި މި ވަނީ އެގްޒެކެޓިވް ކައުންސިލް އެކުލަވާލާފައިވާ ގޮތާއި ގަތަރާއި ތުރުކީގެ ދައުރާއި މެދު ވޮޝިންޓަނާއި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

2024 ގެ މެއި މަހުން ފެށިގެން ޣައްޒާ އާއި މިސްރާއި ދެމެދު އޮންނަ ރަފާހު ބޯޑަރު ބަންދު ކޮށްފައިވާ އިރު، 14 އޮކްޓޯބަރ 2025 ގައި އިސްރާއީލުން ވަނީ މުއްދަތެއް ނެތް ގޮތަށް އެ ބޯޑަރު ބަންދުކުރާނެކަން އިއުލާންކޮށްފައެވެ.

އިސްރާއީލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ކޮމިޓީގެ މަސައްކަތް ފެށޭނެ ތާރީހެއް ވެސް ކަނޑައަޅާފައި ނުވާކަން މައުލޫމާތުތަކުން ދައްކައެވެ.

އިސްރާއީލުގެ މީޑިއާ އިން ބުނި ގޮތުގައި ރަފާހުގެ ބޯޑަރު ނުހުޅުވަން ނިންމީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.

އިސްރާއީލުގެ އިސް އޮފިޝަލަކާއި ހަވާލާދީ އެ މީޑިއާ އިން ބުނީ ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ބަލަހައްޓާ ކައުންސިލުގައި ތުރުކިޔޭ އާއި ގަތަރުގެ މަންދޫބުން ހިމެނުމަކީ އިސްރާއީލުން ގަބޫލު ކަމެއް ނޫނެވެ. އެހެންކަމުން ބޯޑަރު ބަންދު ކޮށްފައި ބަހައްޓާ އަސްލު ސަބަބަކީ މިއީ ކަމަށް އެ މީޑިއާ އިން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%