ޣައްޒާގެ "ބޯޑް އޮފް ޕީސް" އާއި ގުޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުވަތު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ގަބޫލުކުރައްވައިފި ކަމަށް އެގައުމުގެ އެންމެ އިސް ޑިޕްލޮމެޓް ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު ވިދާޅުވީ މި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ޝަރުއީ ހައްގުތައް ހާސިލް ކުރުމަށް މުހިންމު ކަމެއް ކަމަށާއި، ރައީސް ޓްރަމްޕް އެކުލަވާލާފައިވާ 20 ނުކުތާގެ ސުލްހައިގެ ޕްލޭން ފުރިހަމައަށް ތަންފީޒު ކުރުމުގައި ޔޫއޭއީގެ ދައުރު ކޮންމެހެން ވެސް ބޭނުންވާ ކަން ގަބޫލުކުރައްވާ ކަމަށެވެ.
ޔޫއޭއީ އަކީ އެމެރިކާގެ އެދުމަށް އިސްރާއީލާއި ގުޅުން ބާއްވާ ގައުމެކެވެ. އެގޮތުން އަބްރަހަމް އެއްބަސްވުމުގައި ޔޫއޭއީން ވަނީ ސޮއި ކޮށްފައި ކަން ވެސް ފާހަގަ ކުރެވެއެވެ. އެކަމަށް މިސާލު ޖައްސަވައި އޭއީގެ އިސް ޑިޕްލޮމެޓް ވިދާޅުވީ އިސްރާއީލާއި އެކު ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުން ބާއްވަނީ ދުނިޔޭގެ ސުލްހައަށް ޔޫއޭއީ އިން ލޯބި ކުރާތީއެވެ.
ހުކުރު ދުވަހުގެ ވައިޓް ހައުސްއިން ވަނީ އިންތިގާލީ މަރުހަލާ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ހަތަރު ޖަމާއަތުގެ ތެރެއިން އެއް އިދާރާ ކަމަށްވާ ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާގެ ރުހުން ދިނުމާ އެކު ބޯޑް އޮފް ޕީސް އެކުލަވާލާނެކަން އިއުލާން ކޮށްފައެވެ.






