Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޯދަ ހަދިޔާގެ ގޮތުގައި ބަހާ ހުރިހާ މަސްދަޅު ކޭހެއް އުފެއްދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ކުރިން ނިންމަނީ

ރޯދަ ހަދިޔާގެ ގޮތުގައި ބަހާ ހުރިހާ މަސްދަޅު ކޭހެއް އުފެއްދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ކުރިން ނިންމަނީ

އައިޝަތު ރުވާ ރިފްޢަތު
218 ދުވަސް ކުރިން - 20 ޖެނުއަރީ 2026 22:23
މިދިޔަ އަހަރު ރޯދަމަހާ ދިމާކޮށް މާލޭގައި މަސްދަޅުކޭސް ދޫކުރަނީ---ފޮޓޯ: ޚުލާސާ
މިދިޔަ އަހަރު ރޯދަމަހާ ދިމާކޮށް މާލޭގައި މަސްދަޅުކޭސް ދޫކުރަނީ---ފޮޓޯ: ޚުލާސާ
ޚުލާސާ

ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް ހަމަޖެހިފައިވާ 118،977 މަސްދަޅު ކޭހުގެ ތެރެއިން މިހާތަނަށް 115،078 ކޭސް ތައްޔާރުކޮށް ނިމިފައިވާ ކަމަށް މިފްކޯއިން ފާހަގަކުރި.

މިއަހަރުގެ ރޯދަމަހާ ދިމާކޮށް ހަދިޔާއެއްގެ ގޮތުން ސަރުކާރުން ރައްޔިތުންނަށް ދިނުމަށް ނިންމާފައިވާމަސްދަޅު ކޭސްތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އުފައްދައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ (މިފްކޯ) އިން މިއަދު ހާމަކޮށްފި އެވެ.

މިފްކޯއިން ބުނީ، ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް ހަމަޖެހިފައިވާ 118،977 މަސްދަޅު ކޭހުގެ ތެރެއިން މިހާތަނަށް 115،078 ކޭސް ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. މިއީ މުޅި ޕްރޮޑަކްޝަންގެ 96.7 އިންސައްތައެވެ. މިހާރު ބާކީ އޮތީ 3،899 މަސްދަޅު ކޭސް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށާއި، ޖެނުއަރީ 22 ގެ ކުރިން މި ހުރިހާ ކޭހެއް އުފައްދައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެކެވެ. މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފަ އެވެ. އޭގެ ކުރީ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދީފައިވަނީ 10 ކިލޯގެ ފުށާއި 10 ކިލޯގެ ހަނޑުލެވެ.

Advertisement

Advertisement 1

މި އިންތިޒާމުގެ ދަށުން ގޭބިސީއެއްގެ ގޮތުގައި ބަލާނީ ވަކިން ކައްކައި، ކައިބޮއި އަދި ދިރިއުޅޭ ދިވެހި އާއިލާތަކެވެ. ކޮންމެ ގޯއްޗަކުންވެސް ފޯމު ފުރަން ޖެހޭނީ އެ ގޯއްޗެއްގައި ހިމެނޭ ހުރިހާ ގޭބިސީތައް ހިމަނައިގެން އެއް ފޯމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރޯދަމަހާ ދިމާކޮށް ބަހާ މަސްދަޅު ކޭސްތައް ބަހަން ފަށާނެ ސީދާ ތާރީހެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، މިފްކޯއިން އަންނަނީ އެ ތާރީހަށް ހުރިހާ ތަކެއްޗެއް ތައްޔާރުކޮށް ނިންމުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންކަން އެ ކުންފުނިން ފާހަގަކުރި އެވެ.

މިފްކޯރަމަޟާން
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ނާދިހު

217 ދުވަސް ކުރިން - 10:47

ހެޔޮ ރަނގަޅު ރައީސެއް ޑރ.މުޢިއްޒު އަކީ

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

43 ދުވަސް ކުރިން - 16:41

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

43 ދުވަސް ކުރިން - 13:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

43 ދުވަސް ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

52 ދުވަސް ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

52 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

68 ދުވަސް ކުރިން - 16:24