Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެމެހެއްޓެނިވި ތަރައްގީއަށް އޯޕެކް ފަންޑާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދެމެހެއްޓެނިވި ތަރައްގީއަށް އޯޕެކް ފަންޑާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
222 ދުވަސް ކުރިން - 20 ޖެނުއަރީ 2026 22:15
ދެމެހެއްޓެނިވި ތަރައްޤީއަށް އޯޕެކް ފަންޑާއެކު ރާއްޖެއިން  އެއްބަސްވުމެއްގައި ސޮއިކުރުން---ފޮޓޯ: ފިނޭންސް މިނިސްޓްރީ
ދެމެހެއްޓެނިވި ތަރައްޤީއަށް އޯޕެކް ފަންޑާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކުރުން---ފޮޓޯ: ފިނޭންސް މިނިސްޓްރީ
ޚުލާސާ

މި އޮނިގަނޑުގެ މައިގަނޑު މަގްސަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްގީ ފުޅާކޮށް، ސަރަހައްދީ ތަރައްގީގެ ހަމަހަމަކަން ގާއިމުކުރުމާއި ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުން ކަށަވަރުކުރުން.

މޫސުމީ ބަދަލުތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މަސައްކަތް ކުރުމަށް ދިވެހިރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް، ފިނޭންސް މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެކުލަވައިލެވުނު އާ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކަކީ އޯޕެކް ފަންޑުން ދޭ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖޭގެ ގައުމީ ތަރައްގީގެ ސިޔާސަތުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެކުލަވައިލެވުނު އޮނިގަނޑެކެވެ. މިނިސްޓްރީން ބުނިގޮތުގައި، މި އޮނިގަނޑުގެ މައިގަނޑު މަގްސަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްގީ ފުޅާކޮށް، ސަރަހައްދީ ތަރައްގީގެ ހަމަހަމަކަން ގާއިމުކުރުމާއި ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުން ކަށަވަރުކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ހާއްސަ އިސްކަމެއް ދެވޭނެ ދާއިރާތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން މާލީ ދާއިރާގެ ހަމަޖެހުމާއި ރަށްރަށުގެ އުމްރާނީ ތަރައްގީ ހިމެނެ އެވެ.

Advertisement

Advertisement 1

އެއްބަސްވުމާ ގުޅޭގޮތުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިއީ އޯޕެކް ފަންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކުން ހާމަވެގެންދަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތަކެއް ގާއިމުކުރުމަށާއި، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަމެވެ. މީގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީ ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް މީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ބަނދަރުތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފަދަ މަޝްރޫއޫތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލުއި ލޯނު ހޯދުމަށް މިފަދަ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ރަށު ފެންވަރުގެ އިގްތިސާދުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

1977 ވަނަ އަހަރުން ފެށިގެން އޯޕެކް ފަންޑަކީ ރާއްޖޭގެ އިތުބާރު ހުރި ބައިވެރިއެއްކަން ފާހަގަކުރައްވައި، ވަޒީރު ވަނީ އެ ފަންޑުން ވޭތުވެދިޔަ ތަނުގައި ފޯރުކޮށްދީފައިވާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. ހާއސަކޮށް ފެނާއި ނަރުދަމާ، ސިއްހަތު، ތައުލީމު އަދި މަސްވެރިކަމުގެ ދާއިރާއިން ލިބިފައިވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މޫސާ ޒަމީރުމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

13 ދުވަސް ކުރިން - 11:13

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

14 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

15 ދުވަސް ކުރިން - 21:15

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

41 ދުވަސް ކުރިން - 20:36

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރައިފި

41 ދުވަސް ކުރިން - 18:41

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

46 ދުވަސް ކުރިން - 10:27