Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށްދިނުމަށް ހުށަހެޅިދާނެ ލިޔެކިޔުންތައް މިނިސްޓްރީން އާންމުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
274 ދުވަސް ކުރިން - 20 ޖެނުއަރީ 2026 18:11
ބިން ދޫކުރުމަށް ހިއްކަމުންދާ ރަސްމާލެ ސަރަހައްދު---ފޮޓޯ: ޚުލާސާ
ބިން ދޫކުރުމަށް ހިއްކަމުންދާ ރަސްމާލެ ސަރަހައްދު---ފޮޓޯ: ޚުލާސާ
ޚުލާސާ

މިނިސްޓްރީން ބުނީ އިދާރާއަކުން ދޫކުރާ ލިޔުން ބަލައިގަނެވޭނީ އެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ މައުލޫމާތުން މާލޭގައި އުޅެފައިވާ މުއްދަތު ސާބިތުވާނަމަ ކަމަށް.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ބިމާއި ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުން މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށްދިނުމަށްޓަކައި ހުށަހެޅިދާނެ ލިޔެކިޔުންތައް ހައުސިން މިނިސްޓްރީން އާންމުކޮށްފި އެވެ.

"ބޯހިޔާވަހިކަން އެންމެނަށް" މި ޕްރޮގްރާމުގެ ދަށުން މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ބިމާއި ގޯއްޗަށް އެދި ހުށަހެޅުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެގޮތުން ޖުމްލަ 7،900 ފުލެޓަށާއި 15،000 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުގައި، މާލޭގައި ދިރިއުޅުނުކަމުގެ މުއްދަތު ސާބިތުކޮށްދިނުމަށް ތިރީގައިވާ ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅިދާނެ އެވެ. އެއީ؛

Advertisement

Advertisement 1
  1. ވަޒީފާގެ ލިޔުން
  2. ޕެންޝަން ލިޔުން
  3. މާލޭގައި ދިރިއުޅެފައިވާ ގޭގެ ވެރިފަރާތުން ދީފައިވާ ނޮޓޮރައިޒްކޮށްފައިވާ އެޕިޑެޓިވް
  4. މާލެ ނުވަތަ ގްރޭޓާ މާލެ ސަރަހައްދުގެ ސުކޫލަކުން/ތައުލީމީ މަރުކަޒަކުން ކިޔަވާފައިވާކަން އިނގޭ ލިޔުން
  5. ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މައުލޫމާތުން މާލޭގައި ދިރިއުޅުނުކަން ސާބިތުވާނަމަ، އެ އިދާރާއަކުން ދީފައިވާ ލިޔުން

މިނިސްޓްރީން ބުނީ އިދާރާއަކުން ދޫކުރާ ލިޔުން ބަލައިގަނެވޭނީ އެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ މައުލޫމާތުން މާލޭގައި އުޅެފައިވާ މުއްދަތު ސާބިތުވާނަމަ އެވެ. ރަށު ކައުންސިލުން ނުވަތަ އަތޮޅު ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސާބިތުކޮށް ނުދެވޭ ލިޔުމެއް ކަމުގައިވާނަމަ އެ ލިޔުމަކީ ބަލައިގަނެވޭނެ ލިޔުމެއް ނޫން ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

މިއީ މީގެ ކުރީގައި ވެސް އާންމު ގޮތެއްގައި މާލޭގައި ދިރިއުޅުކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހެޅޭނެ ލިޔެކިޔުންތައްކަން ފާހަގަކޮށްލެވެ އެވެ.

ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި އަޅަން ނިންމާފައިވާ 7،900 ހައުސިން ޔުނިޓު އަޅައި އެތަންތަނަށް މީހުން ވަދެވޭވަރު ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއަށް ބޭނުންވާ ފައިނޭންސް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.

މާލޭގެ ތޮށްޖެހުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން ދޫކުރާ ބިންތައް ދޫކުރަން ހަމަޖެހިފައިވަނީ ބާރު ސްޕީޑެއްގައި މިހާރު ހިއްކަމުންދާ ރަސްމާލެ އިންނެވެ. ސަރުކާރުން ލަފާ ކުރާގޮތުގައި އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ރަސްމާލެ އެއްކޮށް ހިއްކައި ނިމޭނެ އެވެ.

މިދިޔަ ސަރުކާރުން މާލެ ރައްޔިތުންނަށް ދީފައިވާ ގޯތި ދިނުމުގެ ގޮތުން ހިއްކަން ފަށާފައިވާ ހުޅުމާލެ ފޭސް 3 ގެ މުޅި ޖުމްލަ %98 ބިން މިހާރު ވަނީ ހިއްކާފަ އެވެ.

ބޯހިޔާވަހިކަންއެންމެނަށް ބޯހިޔާވަހިކަން ސްކީމްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ނާދިހު

273 ދުވަސް ކުރިން - 10:52

އަހަރެންނަށްވެސް މި ވެރިކަމުގައި އިރާދަ ކުރެއްވިއްޔާ ގޯތި ލިބޭނެ

ގުޅުން ހުރި ޚަބަރުތައް

ގެދޮރުގެ ކުލި އަގުހެޔޮކުރަން ސްޕެއިން ސަރުކާރުން ހުށަހެޅި ބިލު ފާހެއް ނުވި

ގެދޮރުގެ ކުލި އަގުހެޔޮކުރަން ސްޕެއިން ސަރުކާރުން ހުށަހެޅި ބިލު ފާހެއް ނުވި

16 ދުވަސް ކުރިން - 14:34

އިމާރާތްކުރުމުގެ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ބައި އޮކްޓޯބަރު މަހު

20 ދުވަސް ކުރިން - 18:33

އީގަލް ހިލްސް އިން ކުރާ އިންވެސްޓްމަންޓުން ދައުލަތަށް 11 ބިލިއަން ޑޮލަރު!

އީގަލް ހިލްސް އިން ކުރާ އިންވެސްޓްމަންޓުން ދައުލަތަށް 11 ބިލިއަން ޑޮލަރު!

21 ދުވަސް ކުރިން - 09:13

ސްޕެއިނުން އެޕާޓްމަންޓުތަކުގެ ކުލިތައް ކޮންޓްރޯލް ކޮށްފި!

ސްޕެއިނުން އެޕާޓްމަންޓުތަކުގެ ކުލިތައް ކޮންޓްރޯލް ކޮށްފި!

21 ދުވަސް ކުރިން - 07:31

ހައުސިން މިނިސްޓްރީން ލިޔެކިޔުންތަކެއް މަދުވެފައި ނުވޭ: ފުލުހުން

ހައުސިން މިނިސްޓްރީން ލިޔެކިޔުންތަކެއް މަދުވެފައި ނުވޭ: ފުލުހުން

25 ދުވަސް ކުރިން - 20:36

އައްޑޫ ސިޓީގެ ލިންކް ރޯޑު ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި

އައްޑޫ ސިޓީގެ ލިންކް ރޯޑު ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި

27 ދުވަސް ކުރިން - 17:23