އިސްރާއީލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ރަފާޙް ހުރަސްކޮށްގެން ޣައްޒާއަށް ވަންނަން އުޅުނު ކޮމިޓީއަކަށް ޒައެނިސްޓް ސިފައިން ހުރަސް އަޅައިފިއެވެ. އިސްރާއީލުގެ މީޑިއާއަކުން ރިޕޯޓު ކުރި ގޮތުގައި ޢަރަބި އިސްލާމީ މެންބަރުންގެ އަ ވަފުދު ޣައްޒާ އަށް ވަންނަން އުޅުނީ އެސެސްމެންޓެއް ހެދުމަށެވެ.
ފަލަސްޠީނުގެ ބޭރުން ޣައްޒާ އަށް ވަދެވޭނެ ހަމަ އެކަނި މަގަކީ މިހާރު މިޞްރާއި ޣައްޒާ އާއި ދެމެދު އޮންނަ ރަފާޙް ގެ ބޯޑަރެވެ. އެސެސްމެންޓް ހަދަން ޣައްޒާ އަށް އެ ކޮމެޓީ އަށް ނުވަދެވޭނެ ކަމަށް ބުނެ އަނބުރައި އައިކޮޅަށް ފޮނުވައިލި ސަބަބެއް ވެސް ޒައެނިސްޓް ސިފައިންނެއް ނުބުނެއެވެ.
އިސްރާއީލުގެ ސަލާމަތީ އިދާރާތަކުން ދަނީ ޣައްޒާ އަށް އެހީ ވެއްދުމުގައި އުޅޭ ޓްރަކް ތަކަށް ވެސް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.






