އެއާޕޯޓްގައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 5 ދުވަސް ކުރިން - 20 ޖެނުއަރީ 2026 13:17
އެއާޕޯޓުގައި މާރާމާރީ ހިންގުމުން ހައްޔަރުކުރި ދެ މީހުން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
އެއާޕޯޓުގައި މާރާމާރީ ހިންގުމުން ހައްޔަރުކުރި ދެ މީހުން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ދެ މީހުން

ވެލާނާ އެއާޕޯޓްގައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 18 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ ތިލަކް ސޯމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ (43އ) އާއި ޕްރިޔަންތަ ސިލްވާ ދެވަނިއްތިގެ (46އ) އެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ ދެ މީހުންވެސް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%