Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މުއްދަތު ހަމަވެފައިވާ, ބިދޭސީ ވޯކް ސައިޓްތައް އަލުން ރަޖިސްޓްރީކުރަން އަންގައިފި

މުއްދަތު ހަމަވެފައިވާ, ބިދޭސީ ވޯކް ސައިޓްތައް އަލުން ރަޖިސްޓްރީކުރަން އަންގައިފި

މުހައްމަދު ޖަމްޝަތު
182 ދުވަސް ކުރިން - 20 ޖެނުއަރީ 2026 11:03
ބިދޭސީންތަކެއް ރާއްޖޭގެ ވޯކް ސައިޓެއްގައި. މުއްދަތު ހަމަވެފައިވާ މިފަދަ ތަންތަން އަލުން ރަޖިސްޓްރީ ކުރަން ވަނީ އަންގާފަ---
ބިދޭސީންތަކެއް ރާއްޖޭގެ ވޯކް ސައިޓެއްގައި. މުއްދަތު ހަމަވެފައިވާ މިފަދަ ތަންތަން އަލުން ރަޖިސްޓްރީ ކުރަން ވަނީ އަންގާފަ---
ޚުލާސާ

ހޯމް މިނިސްޓްރީން ވަނީ އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ދެ ބަދަލެއް ގެނައުމަށް ނިންމާފަ. މި ބަދަލުތައް މި މަހު އިމްޕިލިމެންޓް ކުރާނެ

ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓް މުއްދަތު ހަމަވެފައިވާ ސައިޓްތައް އަލުން ރަޖިސްޓްރީކުރުމަށް ހޯމްލޭންޑް މިނިސްޓްރީން އަންގައިފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިދޭސީންނަށް ދޫކުރާ ހުއްދަތަކާއި އެމީހުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެކްސްޕެޓް ސިސްޓަމްގައިވާ މައުލޫމާތަށް ބަލާއިރު ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާ ސައިޓުތައް، މިއަދުން ފެށިގެން "ޕެންޑިން ސައިޓް ކްލިއަރެންސް" ހާލަތަށް ބަދަލުކުރެވޭނެ ކަމަށާއި ރަޖިސްޓްރީކޮށްފައިވާ ސައިޓުތަކުގެ ތެރެއިން އެއް އަހަރަށްވުރެ ގިިނަ ދުވަސްވަންދެން ކޯޓާ ބޭނުންކޮށްފައިނުވާ ތަންތަން، މި މަހުގެ 25 ވާ އާދިއްތަ ދުވަހުން ފެށިގެން "އިން-އެކްޓިވް" ސައިޓުތަކުގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

ބިދޭސީންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މިހާރު އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ހުއްދަ ދޫކުރުމުގެ ނިޒާމަށް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. މިހާރުގެ އުސޫލު އޮންނަ ގޮތުން، ބިދޭސީން ގެނައުމަށްޓަކައި މަސައްކަތްކުރާ ސައިޓުތައް ޕްރޮޖެކްޓް އުސޫލުން ރަޖިސްޓްރީ ކުރަންޖެހެ އެވެ.

ހޯމްލޭންޑް މިނިސްޓްރީން ވަނީ މުއްދަތު ހަމަވެފައިވާ ސައިޓުތައް އަލުން އެކްޓިވް ކުރުވުމަށްޓަކައި، ބޭނުންވާ ލިޔެކިޔުންތައް އާކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަޕްޑޭޓްކުރުމަށް ވަޒީފާދޭ ފަރާތްތަކަށް އަންގާފަ އެވެ.

ބިދޭސީން ގެނައުމަށްފަހު އެކަށީގެންވާ ބެލެހެއްޓުމެއް ނެތި ދޫކޮށްލާ މައްސަލައާއި، ވަކި މަސައްކަތްތަކަކަށް ސައިޓުތައް ރަޖިސްޓްރީކޮށްގެން ނަހަމަ ފައިދާ ހޯދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިފަދަ ކަންކަން ހުއްޓުވައި، ރާއްޖޭގެ މަސައްކަތުގެ މާހައުލަކީ ގަވާއިދަށް ތަބާވާ ތަނަކަށް ހެދުމަށްޓަކައި، އުސޫލުތައް އިސްލާހުކޮށް ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. .

މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯމްލޭންޑް މިނިސްޓްރީއާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 181,093 މީހުންގެ މައުލޫމާތު ވަނީ އެއްކުރެވިފަ އެވެ. އަދި މި މައުލޫމާތު ފޯރުކޮށްނުދޭ ފަރާތްތައް ޑީޕޯޓްކުރުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީބިދޭސީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެ، ސަލާމަތީ ބާރުތައް ނެރެފި

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެއްޖެ

21 ދުވަސް ކުރިން - 22:53

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

22 ދުވަސް ކުރިން - 09:03

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

52 ދުވަސް ކުރިން - 20:48

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

69 ދުވަސް ކުރިން - 09:33

އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންގެ ހައްގު ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

އޮޕަރޭޝަން ކުރަނގިން ހިމާޔަތްކުރަނީ ބިދޭސީންގެ ހައްގު: ރައީސް

71 ދުވަސް ކުރިން - 12:43

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް: އިހުސާން

"ބިދޭސީންގެ މައްސަލައިގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް"

73 ދުވަސް ކުރިން - 17:21