އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސަތު ބަލަހައްޓާ ޣައްޒާ ޕީސް ބޯޑުގެ ދާއިމީ މެމްބަރުކަން ހޯދުމަށް ގައުމުތަކުން އެއް ބިލިއަން ޑޮލަރުގެ ފީއެއް ދައްކަން ޖެހޭތީވެ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އެކަމާއި ދެކޮޅު ހަދައިފިއެވެ.
އަލަށް ހުށަހަޅާފައިވާ ޕީސް ބޯޑުގެ އެގްޒެކެޓިވް ބޮޑީ އަށް އައްޔަން ކޮށްފައިވާ ބްލޭއާ އާއި ޙަވާލާދީ އޭނާގެ ތަރުޖަމާނު ބުނީ ޣައްޒާ ބޯޑުގެ މެމްބަރުކަން ކަނޑައެޅުމުގައި ބްލެއާ ބައިވެރި ނުވާ ކަމަށާއި، އެއް ބިލިއަން ޑޮލަރުގެ ފީ އެއް ދެއްކުމަށް ނިންމީ ޓްރަމްޕެވެ.
ޓްރަމްޕްގެ ޝަރުތުތަކުގެ ސަބަބުން ބައެއް ގައުމުތަކުން ޣައްޒާގެ ބޯޑާއި ގުޅުމަށް ދެކޮޅު ހެދުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެދުއިރުމަތީގެ ކަންކަމުގައި ފަރިތަ މަސްދަރުތަކުން ބުނެއެވެ. ނަމަވެސް، ގައުމުތަކުން ސުލްހައިގެ ބޯޑާއި ގުޅެން ތައްޔާރަށް ތިބި ނަމަވެސް، ދާއިމީ މެމްބަރު ކަމަށް ފީ އެއް ދެއްކުމަށް މެދުއިރުމަތީގެ ގައުމުތައް ގަބޫލެއް ނޫނެވެ.






