Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޕީއެލް އާ ހަވާލުކޮށްގެން ގެނައި އެންބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އެމްޕީއެލް އާ ހަވާލުކޮށްގެން ގެނައި އެންބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

މުހައްމަދު ޖަމްޝަތު
222 ދުވަސް ކުރިން - 19 ޖެނުއަރީ 2026 23:04
އެމްޕީއެލް އިން ގެނައި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުމުގެ މަސައްކަތުގެ ތެރެއިން---ފޮޓޯ: އެމްޕީއެލް
އެމްޕީއެލް އިން ގެނައި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުމުގެ މަސައްކަތުގެ ތެރެއިން---ފޮޓޯ: އެމްޕީއެލް
ޚުލާސާ

މި މަސް ނިމުމުގެ ކުރިން ހުރިހާ އެމްބިއުލާންސެއް ރަށްރަށަށް ގެންދެވޭނެ ކަމަށް އެމްޕީއެލް އިން ބުނޭ

ރާއްޖޭގެ ހުރިހާ ރަށަކަށް މެދުނުކެނޑި އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، 56 ރަށަކަށް ހާއްސަކުރި އެމްބިއުލާންސްތައް އެ ރަށްތަކަށް ފޮނުވުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއަށް ބޭނުންވާ އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ތެރެއިން ހަވާލުކޮށްފައިވަނީ އެމްޕީއެލްއާ އެވެ. އެ ކުންފުންޏާއި ހަވާލުކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 56 އެމްބިއުލަންސް ރާއްޖެ ގެނެސް ރަށްރަށަށް ފޮނުވުމުހެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

Advertisement

Advertisement 1

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުން ފާހަގަކުރި ސިއްހީ ދާއިރާގެ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ފެއްޓެވި މަސައްކަތެކެވެ. ސިއްހީ ނިޒާމުގައި ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ނުލިބުން ކަމަށްވާތީ، އެކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެމްޕީއެލް އާއި ހަވާލުކުރި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގެނައި 56 އެމްބިއުލާންސްގެ ތަޅުދަނޑި މިހާރު ވަނީ ރަށްތަކާ ހަވާލުކޮށްފަ އެވެ. އެމްޕީއެލްއިން ބުނާގޮތުގައި މި މަސް ނިމުމުގެ ކުރިން ހުރިހާ ރަށަކަށް އެމްބިއުލާންސްތައް ފޯރުކޮށްދީ ނިންމާލެވޭނެ އެވެ. މި މަޝްރޫއަށް ޖުމްލަ 65.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މީގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް އާ އެމްބިއުލާންސް ހޯދުމާއި، މާލެ ސަރަހައްދާއި އެހެނިހެން ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް ބޭނުންވާ 10 އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.



އެމްޕީއެލްމިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެމްޕީއެލްއާއެކު ސޮއިކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

5 ދުވަސް ކުރިން - 08:34

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

14 ދުވަސް ކުރިން - 23:57

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ: އިގްތިސާދަށް ބޮޑު އިންގިލާބެއް

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ

18 ދުވަސް ކުރިން - 08:29

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެމް.ޕީ.އެލް އިން މަޝްވަރާކޮށްފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

30 ދުވަސް ކުރިން - 01:05

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

30 ދުވަސް ކުރިން - 11:07

ވޭތުވެދިޔަ ހަފުތާގައި 42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފި

42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ އެމްޕީއެލުން ކްލިއަރކޮށްފި

34 ދުވަސް ކުރިން - 18:06