Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސައިބާ ސެކިއުރިޓީގެ ދާއިރާއިން ތަމްރީން ހޯދުމަށް 15 ދިވެއްސަކު އޮސްޓްރޭލިއާ އަށް

ސައިބާ ސެކިއުރިޓީގެ ދާއިރާއިން ތަމްރީން ހޯދުމަށް 15 ދިވެއްސަކު އޮސްޓްރޭލިއާ އަށް

އައިޝަތު ރުވާ ރިފްޢަތު
233 ދުވަސް ކުރިން - 18 ޖެނުއަރީ 2026 22:50
މި ޕްރޮގްރާމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގެ ތެރެއިން---
މި ޕްރޮގްރާމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގެ ތެރެއިން---
ޚުލާސާ

މިޕްރޮގްރާމުގެ ދަށުން އެޑްވާންސް ސައިބާ ގަވަނަންސް، ޑިޖިޓަލް ރިސްކް މެނޭޖްމަންޓް، އިންސިޑެންޓް ރެސްޕޮންސް ކޯޑިނޭޝަން އަދި ރެސިލިއަންސް ޕްލޭނިން ފަދަ މުހިންމު ދާއިރާތަކުން އަމަލީ ތަޖުރިބާ ލިބިގެންދާނެ.

ސައިބާ ސެކިއުރިޓީ އެންޑް ރެޒިލިއެންސްގެ ދާއިރާއިން މަތީ ފަންތީގެ ތަމްރީންތަކެއް ހާސިލުކުރުމަށްޓަކައި 15 ދިވެހިންގެ ވަފުދެއް އޮސްޓްރޭލިއާއަށް ފުރައިފި އެވެ. މި މަހުގެ 19 އިން ފެށިގެން ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމަކީ ރާއްޖޭގެ ސައިބާ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު ހަރަކާތެކެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސައިބަރ ސެކިއުރިޓީ އެޑިޔުކޭޝަން އެންޑް ރިސާޗްގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އޮސްޓްރޭލިއާގެ އެޑިތު ކޯވަން ޔުނިވަސިޓީ (އީ.ސީ.ޔޫ) ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް (ޑީ.އެފް.އޭ.ޓީ) ގެ "އޮސްޓްރޭލިއާ އެވޯޑްސް 2026" ގެ މާލީ އެހީތެރިކަމުގެ ދަށުންނެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ އެޑިތު ކޯވަން ޔުނިވަސިޓީގެ އިތުރުން ވެސްޓާން އޮސްޓްރޭލިއާގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރި މުއައްސަސާތަކުގަ އެވެ. މި ޕްރޮގްރާމްގައި ބައިވެރިންނަށް އެޑްވާންސް ސައިބާ ގަވަރނަންސް، ޑިޖިޓަލް ރިސްކް މެނޭޖްމަންޓް، އިންސިޑެންޓް ރެސްޕޮންސް ކޯޑިނޭޝަން އަދި ރެސިލިއަންސް ޕްލޭނިންގ ފަދަ މުހިންމު ދާއިރާތަކުން އަމަލީ ތަޖުރިބާއާއި އިލްމު ލިބިގެންދާނެ އެވެ.

Advertisement

Advertisement 1

މި ޕްރޮގްރާމާ ގުޅޭގޮތުން މި މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަތީފާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެޑިތު ކޯވަން ޔުނިވަސިޓީގެ މަންދޫބުން އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެ، ޕްރޮގްރާމްގެ މަގްސަދުތަކާއި އެކަޑެމިކް މޮޑިއުލްތަކާ ބެހޭ މައުލޫމާތު ހިއްސާކުރެއްވި އެވެ.

ސަރުކާރުން ދެކޭގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ "މޯލްޑިވްސް 2.0" ވިޝަންގެ ދަށުން، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ޑިޖިޓަލައިޒޭޝަން އެޖެންޑާ ކުރިއެރުވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ޕްރޮގްރާމަށް ފުރުމުގެ ކުރިން ބައިވެރިން ވަނީ ބޭނުންވާ އިރުޝާދުތައް ހިމެނޭ ޕްރީ ޑިޕާޗާ ބްރީފިން އެއްވެސް ފުރިހަމަކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަ

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއްމިލިއަން ރުފިޔާ ދޭން ނިންމައިފި

4 ދުވަސް ކުރިން - 13:36

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

13 ދުވަސް ކުރިން - 10:37

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

16 ދުވަސް ކުރިން - 14:18