Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކާ ފާމަސީތަކާ މެދު ފިޔަވަޅު އަޅަނީ

އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކާ ފާމަސީތަކާ މެދު ފިޔަވަޅު އަޅަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
185 ދުވަސް ކުރިން - 18 ޖެނުއަރީ 2026 20:21
އައިޖީއެމް ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯގެ ފާމަސީ--- ފޮޓޯ: ޕީއެސްއެމް
އައިޖީއެމް ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯގެ ފާމަސީ--- ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ފާމަސީތަކާއި ފާމަސިސްޓުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެމްއެފްޑީއޭއިން ނެރެފައިވާ އިއުލާނުގައި ވަނީ ބުނެފަ

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަނެތި ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކާނަމަ އެފަދަ ފާމަސީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ވިޔަފާރީގެ ގޮތުގައި، ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ ބޭހާއި ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގެ ބޭސް އިމްޕޯޓުކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ ލިބިގެން ކަމަށެވެ.

Advertisement

Advertisement 1

ހަމައެހެންމެ، ފާމަސީތަކުގައި އެ އޮތޯރިޓީން ދޫކުރާ "ބޭސް ވިއްކުމުގެ ހުއްދަ" ނެތި ބޭސް ވިއްކުމާއި، މަސައްކަތްކުރާ ވަގުތުތަކުގައި ފާމަސިސްޓުން ފާމަސިސްޓް އައިޑީކާޑު ނެތި މަސައްކަތްކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފަ އެވެ. އަދި އެއާ ހިލާފަށް މަސައްކަތްކުރާ ފާމަސީތަކާއި ފާމަސިސްޓުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އޮތޯރިޓީން ނެރެފައިވާ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ފާމަސީތަކުން ބޭސް ނަގާއިރު ބައެއް ކަންކަމަކީ އަމިއްލަ މީހާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށް ވާތީ އަމިއްލަ ޒިންމާ ނެގުމަށްވެސް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި:

  1. ފާމަސީއަކީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއްކަން ކަށަވަރުކުރުމަށްޓަކައި ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން
  2. ބޭސް ދޫކުރަނީ ހުއްދަ އޮތް މީހެއްކަން ކަށަވަރުކުރަން އެމްއެފްޑީއޭއިން ދޫކޮށްފައިވާ ފާމަސިސްޓު އައިޑީކާޑު އަޅާފައިވޭތޯ ބެލުން
  3. މުއްދަތު ހަމަނުވާ ބޭސް ނެގިތޯ ކަށަވަރުކުރަން ބޭހުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ބެލުން
  4. ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ރަނގަޅަށް ކިޔައި ސާފުކޮށް ލިޔެފައިވޭތޯ ބެލުން
  5. ބޭސް ޕެކްކޮށްފައި ހުރީ ރަނގަޅަށްތޯ ބެލުން

އެމްއެފްޑީއޭއިން ވަނީ މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެދިފަ އެވެ.

އެމްއެފްޑީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އެދެފި

މީދާ ވިހަ ފެނުނު "ހިޕް"ކާނާ ބޭނުންނުކުރަން އެދެފި

92 ދުވަސް ކުރިން - 09:24

ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން ދިރާސާތައް ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

141 ދުވަސް ކުރިން - 15:24

އެމްއެފްޑީއޭގެ އިންޒާރު؛ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން!

ހުއްދަނެތި ބޭސް އެތެރެކޮށް، ވިއްކާނަމަ ފިޔަވަޅު އަޅަނީ

184 ދުވަސް ކުރިން - 17:10

ބަރުދަން ލުއިވާނެ ކަމަށް ބުނެ ބާރުގަދަ ބޭހެއް ވިއްކަނީ

ބަރުދަން ލުއިވާނެކަމަށް ބުނެ ބާރުގަދަ ބޭހެއް ވިއްކަނީ

184 ދުވަސް ކުރިން - 16:16

"ޕެންޓޮޕް 40 އިންޖެކްޝަން" ވިއްކުން މަނާކޮށްފި

"ޕެންޓޮޕް 40 އިންޖެކްޝަން" ވިއްކުން މަނާކޮށްފި

503 ދުވަސް ކުރިން - 13:32

އިންޑިއާ ބޭހެއްގެ ބެޗްތަކެއްގައި މައްސަލަ އުޅޭތީ އެމްއެފްޑީއޭއިން ސަމާލުވުމަށް އަންގައިފި

އިންޑިއާ ބޭހެއްގެ ބެޗްތަކެއްގައި މައްސަލައެއް

633 ދުވަސް ކުރިން - 21:27