އަޕްޑޭޓް: ގެއްލިގެން ހޯދަމުންދިޔަ އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 7 ދުވަސް ކުރިން - 18 ޖެނުއަރީ 2026 11:26
ބަންޑުން ޖަހާލި ދޯނި. އ ދޯނިން ދަތުރުކުރި ދެ މީހަކު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން--- ފޮޓޯ: އެމްއެންޑީއެފް
ބަންޑުން ޖަހާލި ދޯނި. އ ދޯނިން ދަތުރުކުރި ދެ މީހަކު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން--- ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތްވެސް އެމްއެންޑީއެފް އިން އަންނަނީ ކުރަމުން

މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިން ދާދި ދެންމެ ފެނިފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފަ އެވެ. އެމްއެންޑީއެފް އިން ބުނީ މައްޔިތާގެ ހަށިގަނޑު މިހާރު ޕޮލިހަށް ހަވާލުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ "ބަލްމާ 6" ނަމަކަށް ކިޔާ މުދާ އުފުލާ އެ ދޯނި ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވަނީ މިއަދު ހެނދުނު 7:27 ހާއިރު އެވެ. ފުލުހުން ބުނީ އެ ދޯނިން ދަތުރުކުރީ ހަތަރު މީހުން ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައި ކަމަށެވެ. އަދި އަނެއް ދެ މީހުން މިހާތަނަށް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%