މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރަމުންދިޔަ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ "ބަލްމާ 6" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:27 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ދޯނިން ދަތުރުކުރީ ހަތަރު މީހުން ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައި ކަމަށެވެ. އަދި އަނެއް ދެ މީހުން މިހާތަނަށް ފެނިފައިނުވާ ކަމަށް ބުންޏެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ.
ފުލުހުން ބުނީ ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި، ގެއްލުނު މީހުން ހޯދުމަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.






