އީރާނު މުޒާހަރާގައި މަރުވި މީހުންގެ ޒިންމާ އުފުލަން ޖެހޭނީ ޓްރަމްޕް - ޚާމަނާއީ

ހުސައިން އިސްމާއިލް | 7 ދުވަސް ކުރިން - 17 ޖެނުއަރީ 2026 21:31
ޚާމަނާއީ ވިދާޅުވީ އީރާނުގެ މުޒާހަރާގައި މީހުން މަރުވީ ޓްރަމްޕްގެ ސަބަބުން ކަމަށް.
ޚާމަނާއީ ވިދާޅުވީ އީރާނުގެ މުޒާހަރާގައި މީހުން މަރުވީ ޓްރަމްޕްގެ ސަބަބުން ކަމަށް.
ޚުލާސާ

އީރާނުގެ މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވީ، ހަމަނުޖެހުން ހިންގުމަށް ޓްރަމްޕް ހިއްވަރު ދިނުމުގެ ސަބަބުން

އީރާނުގެ މުޒާހަރާތަކުގައި ލިބުނު ގެއްލުންތަކުގެ ޒިންމާ ނަގަން ޖެހެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް، އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. 

ވެރިރަށް ތެހެރާނުގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވީ، އީރާނުގެ މުޒާހަރާގައި ގިނަބަޔަކު މަރުވެ އަދި ޒަޚަމްވި ކަމަށެވެ. އަދި މިކަމުގައި އެމެރިކާގެ ރައީސް އަމިއްލައަށް ތަދައްޚުލްވެ "އިންޒާރުތައް ދީ، ފިތުނަވެރިންނަށް ހިތްވަރުދީ ތާއީދު ކުރެއްވި" ކަމަށެވެ.

އިގްތިސާދީ ހާލަތު ގޯސްވެ، އީރާނުގެ ފައިސާގެ އަގު ރެކޯޑް އަދަދަކަށް ދަށްވުމާއި ގުޅިގެން ސަރުކާރާއި ދެކޮޅު މުޒާހަރާތައް ފެށީ ޑިސެމްބަރުގެ ފަހުކޮޅުގައެވެ. އޭގެފަހުން މުޒާހަރާތައް ހޫނު ވާން ފެށިއެވެ. ނަތީޖާ އަކީ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ވެސް ހަމަނުޖެހުންތައް ހިނގައި އެތައް ސަތޭކަ ބަޔަކު މަރުވުމެވެ.

އީރާނު ފުލުހުން ބުނީ ސުލްހަވެރި ކަމާއި އެކު ބޭއްވި މުޒާހަރާތައް "ހަލަބޮލި ކޮށްލީ އެމެރިކާ އާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުންނެވެ.

މި މުޒާހަރާތަކުގައި އީރާނުން 3،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި ކަމަށް ވެއެވެ.

އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ވެސް އެނގޭކަށް ނެތެވެ. ސަބަބަކީ އެ ގައުމުން ވަނީ އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައެވެ. އަދި ސްޓަލިންކުގެ ޚިދުމަތް ވެސް އެ ޤައުމަކަށް ނުލިބެއެވެ. ސަބަބަކީ އީރާނުން ވަނީ ސްޓާލިންކުގެ ސިގްނަލް ވެސް ބްލޮކް ކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%