ފިނިން ކެތްނުވެގެން ޣައްޒާގެ ތުއްތުކުއްޖަކު މިއަދު ޝަހީދުވެއްޖެ

ހުސައިން އިސްމާއިލް | 7 ދުވަސް ކުރިން - 17 ޖެނުއަރީ 2026 21:03
ފިނި ގަދަވުމުގެ ސަބަބުން ޣައްޒާގައި މިއަދު ޝަހީދުވި ކުއްޖާގެ ޖަނާޒާގެ ތެރެއިން..
ފިނި ގަދަވުމުގެ ސަބަބުން ޣައްޒާގައި މިއަދު ޝަހީދުވި ކުއްޖާގެ ޖަނާޒާގެ ތެރެއިން..
ޚުލާސާ

އުމުރުން 1 އަހަރު ނުވާ ޚާން ޔޫނިސްގެ ކުއްޖާ ނިޔާވީ އިންތިހާއަށް ފިނި ގަދަވެ، ހޫނު ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސް ސިޓީގައި މިއަދު ގަދަ ފިންޏަށް ކެތް ނުކުރެވިގެން ކުޑަކުއްޖަކު ނިޔާވެއްޖެ ކަމަށް މެޑިކަލް މަސްދަރަކުން ބުނެފިއެވެ. 

ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ މެޑިކަލް މަސްދަރުން ބުނީ އުމުރުން 1 އަހަރު ނުވާ ކުއްޖާ ނިޔާވީ އިންތިހާއަށް ފިނި ގަދަވެ، ހޫނު ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި އިސްރާއީލުން ހިންގާފައިވާ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނުގެ ގިނަ މީހުން ދިރިއުޅެނީ ވަގުތީ ޓެންޓްތަކުގައެވެ.

ސަރުކާރުގެ މީޑިއާ އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޣައްޒާ ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، ޣައްޒާގެ %90 ގެދޮރު ވަނީ ހަލާކު ވެފައެވެ.

ހަނގުރާމަ ހުއްޓަލުމާއި ބެހޭގޮތުން ހެދިފައިވާ އެއްބަސްވުމުގައި ބޯޑަރުތައް ހުޅުވައި އިންސާނީ އެހީތައް ވެއްދުމަށް އެއްބަސްވެފައި ވިޔަސް ޒައެނިސްޓް ސަރުކާރުން ގެންދަނީ އެހީތައް ވެއްދުމުގައި ވަރަށްބޮޑަށް ދަތި ކުރަމުންނެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 71،000 އާއި ލައްކަ އަކާއި ދޭތެރޭގެ ޢަދަދަކަށް މީހުން ޝަހީދުކޮށްލާފައިވާއިރު ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަނގުރާމަ ހުއްޓާލުމަށް ފަހު އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 464 މީހުން ޝަހީދުވެ 1،280 އާ ގާތްކުރާ އަދަދަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާ ހެލްތު މިނިސްޓްރީން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%