Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފްލެޓާއި ގޯއްޗަށް ކުރިމަތިލަން މާދަމާ ހުޅުވާލަނީ!

ފްލެޓާއި ގޯއްޗަށް ކުރިމަތިލަން މާދަމާ ހުޅުވާލަނީ!

މުހައްމަދު ޖަމްޝަތު
179 ދުވަސް ކުރިން - 17 ޖެނުއަރީ 2026 16:01
ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބޭ ފަރާތްތަކަށް ޕްލޮޓް ކަނޑައެޅުމަށްޓަކައި ބޭއްވި ގުރުއަތުލުން--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބޭ ފަރާތްތަކަށް ޕްލޮޓް ކަނޑައެޅުމަށްޓަކައި ބޭއްވި ގުރުއަތުލުން--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

ފޯމް ހުށަހެޅުމުގެ މުއްދަތަކީ 14 އޭޕްރީލް 2026. މި ސްކީމުގެ ދަށުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގްރޭޓަ މާލެ ސަރަހައްދާއި ރަސްމާލެ އިން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ އެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފައެވެ.

ސަރުކާރުން އިއުލާނު ކުރީ، ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށެވެ.

Advertisement

Advertisement 1

އެންމެ ފުރަތަމަ ފޯމު ހުށައެޅުމަށް ހުޅުވާލަން ނިންމީ، ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އާއްމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް އިސްލާހުތައް ގެނައުމަ ފަހުން އެ މުއްދަތު ޖެނުއަރީ 15 ވަނަ ދުވަހަށް ފަސްކުރި އެވެ. ނަމަވެސް އެ ދުވަހަކީ ބުރާސްފަތި ދުވަަހަކަށްވާތީ ހަފްތާއި ބަންދާއި ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުގެ މުއްދަތު މި މަހުގެ 16 އަށް ފަސްކޮށްފަ އެވެ.

ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފުލެޓު އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުން 2،400 ފުލެޓެވެ.

ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްފައިވާ 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ހާއްސަ 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުންގެ ކެޓަގަރީން 500 ގޯއްޗާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީ ކުރުމަށް ދަތިވާ ގޯތިތަކާއި، ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 1،500 ގޯއްޗެވެ.

ކޮންމެ މީހަކަށްވެސް ފޯމު ހުށައެޅޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ. އަދި އެ ސްކީމުގެވެސް އެއް ކެޓަގަރީ އިންނެވެ. ފޯމު ހުށައެޅުމުގައި އެމީހަކަށް އެންމެ އެކަށީގެންވާ ކެޓަގަރީ އަކުން ފޯމު ހުށައެޅުމަށް ސަމާލުކަން ދޭންވާނެ އެވެ.

މިފަހަރު ފްލެޓަށް އެދި ހުޅުވާލުމުގައި ވެސް މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގެ އިތުރުން ހާއްސަ ކެޓަގަރީތައް ހިމެނެ އެވެ. ހާއްސަ އިސްކަންދޭ ކެޓަގަރީގައި ހިމެނޭ 2،400 ފްލެޓް، އިތުރު 15 ކެޓަގަރީ އަކަށް ވަނީ ބަހާލާފަ އެވެ.

ސަރުކާރުގެ ސްކީމެއްގައި މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ކެޓަގަރީއެއް މިއަހަރު ވަނީ ހިމަނާފަ އެވެ. އަދި ކުރިން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީ، ފްލެޓް ނުލިބުނު މީހުންގެ ކެޓަގަރީތައް ވެސް ހިމެނެ އެވެ.

ފޯމު ހުށައެޅުމުގެ އެންމެހާ ކަންކަން ކުރިއަށްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ.

މީގެ ކުރީގެ ސްކީމްތަކަށް ހުށައެޅުމުގައި އެންމެ ގިނަ ބަޔަކަށް މައްސަލަ ކުރިމަތިވީ މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމުގައެވެ. މިފަހަރުގެ އުސޫލުތައް ބުނާ ގޮތުންވެސް ފްލެޓް އަދި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ. މި މުއްދަތު ބަލާނީ، 14 ޖެނުއަރީ 2026 ގެ ނިޔަލަށެވެ. އަދި ހާއްސަ ހާލަތާ ގުޅިގެން މެދުކެނޑުމެއް އައިނަމަ، އޭގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށައަޅަން ޖެހޭނެ އެވެ.

ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެމީހެއްގެ އާމްދަނީއާއި ދިރިއުޅުމުގެ ހާލަތަށެވެ. ފޯމުގައި އާއްމު މައުލޫމާތާއި، އާއިލާއާއި ދިރިއުޅުމުގެ ހާލަތު އަދި ވަޒީފާއާއި އާމްދަނީގެ މައުލޫމާތުވެސް ހިމަނަން ޖެހޭނެ އެވެ. އަދި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމަށް، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް ހިމަނަންވާނެ އެވެ.

ބޯހިޔާވަހިކަންމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

2 ދުވަސް ކުރިން - 14:14

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

16 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

16 ދުވަސް ކުރިން - 12:43

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

17 ދުވަސް ކުރިން - 14:56

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

25 ދުވަސް ކުރިން - 09:20

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

32 ދުވަސް ކުރިން - 14:50