Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނު މައްސަލައިގައި މޮސާޑުގެ އެންމެ އިސް ވެރިޔާ އެމެރިކާ އަށް ގޮސްފި

އީރާނު މައްސަލައިގައި މޮސާޑުގެ އެންމެ އިސް ވެރިޔާ އެމެރިކާ އަށް ގޮސްފި

ހުސައިން އިސްމާއިލް
235 ދުވަސް ކުރިން - 16 ޖެނުއަރީ 2026 22:45
މޮސާޑް ޖާސޫސީ އިދާރާގެ ވެރިޔާ ޑޭވިޑް ބާނިއާ - އީރާނަށް ޙަމަލާދިނުމާ ބެހޭ ކަންކަމުގައި މަޝްވަރާކުރަން އޭނާ މިއަދު ވަނީ އެމެރިކާ އަށް ގޮސްފަ
މޮސާޑް ޖާސޫސީ އިދާރާގެ ވެރިޔާ ޑޭވިޑް ބާނިއާ - އީރާނަށް ޙަމަލާދިނުމާ ބެހޭ ކަންކަމުގައި މަޝްވަރާކުރަން އޭނާ މިއަދު ވަނީ އެމެރިކާ އަށް ގޮސްފަ
ޚުލާސާ

އިސްރާއީލު އިންޓެލިޖެންސްގެ އެންމެ އިސް ވެރިޔާ ޑޭވިޑް ބާނިއާ އެމެެރިކާ އަށް ދިޔައީ މިއަދު. މަޝްވަރާ ކުރަނީ އީރާނާއި ބެހޭ ގޮތުން

އީރާނުގެ މައްސަލައިގައި މުޅި މެދުއިރުމަތި އެލާޓް ވެފައިވާ ދަނޑިވަޅުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ ކަމަށްވާ މޮސާދުގެ އެންމެ އިސް ވެރިޔާ ޑޭވިޑް ބާނިއާ މިއަދު އެމެރިކާއަށް ގޮސްފިއެވެ. އޭނާ އެމެރިކާ އަށް ދިޔައީ އީރާނާއި ބެހޭ ގޮތުން އެމެރިކާގެ ޖާސޫސީ އިދާރާތަކާއި އަދި އެމެރިކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށް ކަމަށް އިސްރާއީލުގެ ޓީވީން ބުންޏެވެ.

ވޮޝިންޓަނާއި އީރާނާއި ދެމެދު ޑިޕްލޮމެޓިކް ޗެނަލްތަކުން މަޝްވަރާ ކުރުމަށް އެމެރިކާ އިން މެދުއިރުމައްޗަށް ޚާއްޞަ ކޮށްފައިވާ މަންދޫބު ސްޓީވް ވިޓްކޯފް އާއި އެކު ވެސް މޮސާޑް ގެ ވެރިޔާ މަޝްވަރާ ކުރާނެ ކަމަށް ޚަބަރު ލިބެއެވެ. މި މަޝްވަރާތައް އޮންނާނީ މިއާމީގައި ކަމަށް ބެލެވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މޮސާދުން އެމެރިކާގެ ވެރިންނާއި އެކު ކުރާ މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާނީ ތެހެރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، މިސައިލް ކެޕޭސިޓީއާއި، މެދުއިރުމައްޗަށް ފެތުރިފައިވާ އީރާނުން ކޮންޓުރޯލްކުރާ މިލިޝިއާތަކާއި، އީރާނުގެ އެތެރޭގައި ހިނގަމުންދާ މުޒާހަރާތަކާއި އަދި އެ މުޒާހަރާތަކާއި ގުޅިގެން އީރާނުގެ ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުގެ މައްޗަށެވެ.

Advertisement

Advertisement 1

ބާނިއާގެ ޝެޑިއުލްގެ ތަފްސީލުތައް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އެމެރިކާ އާއި އިސްރާއީލުގެ މަސްދަރުތަކުން ބުނާ ގޮތުގައި މި ދަތުރުގެ ބޭނުމަކީ މެދުއިރުމަތީގައި ބޮޑުވަމުން އަންނަ ނުތަނަވަސްކަން މެނޭޖްކުރާނެ ގޮތަކާ ބެހޭ ގޮތުން އިސްރާއީލާއި ވޮޝިންޓަނާއި ދެމެދު މަޝްވަރާ ކުރުމެވެ.

އިސްރާއީލްއެމެރިކާމޮސާދް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

8 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23