އިސްރާއީލުގެ ފަލަސްތީނުގެ ރައްޔިތަކަށް އިނގިރޭސިވިލާތުން ހިމާޔަތް ދީފިއެވެ. ހަސަންގެ ނަމުން މަޝްހޫރު މި މީހާއަށް އިނގިރޭސީން ހިމާޔަތް ދީފައިވަނީ އޭނާ އިސްރާއީލަށް އެނބުރި އައިސްފިނަމަ ނުރައްކާ ތަކާއި ކުރިމަތި ވާނެތީ ކަމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އުމުރުން 26 އަހަރުގެ ހަސަން އަކީ އިސްރާއީލަށް އުފަންވި ފަލަސްތީނުގެ އާއިލާއެއްގެ މެންބަރެކެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅެމުން ދަނިކޮށް އޭނާ ވަނީ ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާ ތަކުގައި ބައިވެރިވެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އަށް އޮސްރާއީލުގެ ނުރައްކާތެރިކަން ފޯރާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ އިނގިރޭސިވިލާގުގައި އިސްރާއީލާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ މުޒާހަރާ ތަކުގައި ބައިވެރިވުމެވެ.






