ޣައްޒާ “ބޯޑް އޮފް ޕީސް” އެކުލަވައި ނިމިއްޖެ - ޓްރަމްޕް

ހުސައިން އިސްމާއިލް | 8 ދުވަސް ކުރިން - 16 ޖެނުއަރީ 2026 19:48
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - އޭނާ ވިދާުވީ ޣައްޒާ ބޯޑު އެކުލަވައި ނިމިއްޖެ ކަމަށް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - އޭނާ ވިދާުވީ ޣައްޒާ ބޯޑު އެކުލަވައި ނިމިއްޖެ ކަމަށް
ޚުލާސާ

ޓްރަމްޕްގެ ޕްލޭންގެ ދަށުން ޣައްޒާ “ބޯޑް އޮފް ޕީސް” އުފައްދައި ނިމިއްޖެއޭ ބުންޏަސް އެކަމުގެ ހަގީގަތެއް އަދިވެސް ސާފެއް ނޫން

“ޣައްޒާ ސުލްހައިގެ ބޯޑު” މިހާރު ވަނީ އުފައްދާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި ބޯޑަކީ ޣައްޒާގެ ޓްރާންސިޝަން މަރުހަލާ ސުޕަވައިޒްކުރާނެ ބައިނަލްއަގުވާމީ ބޮޑީ އެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިންމާފައިވާ ބޯޑެކެވެ.

ޓްރަމްޕް ވިދާޅުވީ ބޯޑުގައި ހިމެނެނީ ބައިނަލްއަގްވާމީ ސިޔާސީ ފަރާތްތަކާއި ޑިޕްލޮމެޓުންނާއި ސަރަހައްދީ ގައުމުތަކުގެ މެންބަރުންނެވެ. އަދި މިސްރާއި ގަތަރު ފަދަ ސަރަހައްދީ މެދުވެރިންނާއި އެކު ބޯޑުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ މި ބޯޑު މަސައްކަތް ކުރާނީ ފަލަސްތީނުން އެކުލަވާލަފައިވާ ޓެކްނިކަލް ޓީމާއި ގުޅިގެންނެވެ. ނަމަވެސް މި ބޯޑުގައި ހިމެނޭ މެމްބަރުންގެ ތަފްސީލެއް މިހާތަނަކަށް ހާމަ ކޮށްފައެއް ނުވެއެވެ.

ބޯޑުގެ އޮނިގަނޑާއި މެންޑޭޓް މިހާރު ނިންމާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މުހިންމު އެއްވެސް ތަފްސީލުތަކެއް އަދި ސާފު ނުވާއިރު، އިސްރާއީލުން ވެސް އަދި ހަމާސްއިން ވެސް ބޯޑުގެ އެއްވެސް ދައުރެއްގައި ބައިވެރިވާކަން ނުވަތަ ގަބޫލުކުރާކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ވެސް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%