ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާ އިއުލާން ކުރި ނަމަވެސް، އިސްރާއީލު ސިފައިން މިއަދުގެ ހުކުރު ވަގުތުގައި ވެސް ޣައްޒާގައި ހުރި އިމާރާތްތަކަށް ބޮން އަޅައި އަދި ޣައްޒާގެ އުތުރަށް ޑްރޯން ޙަމަލާދީ ކުޑަކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދަކީ އިސްރާއީލު ސިފައިން ޖެހިޖެހިގެން ޣައްޒާ އަށް ޙަމަލާދޭ 98 ވަނަ ދުވަހެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ފަލަސްތީނުގެ 3 މީހަކު ޝަހީދުކޮށްލައި، މަދުވެގެން ފަސް މީހަކު ޒަހަމް ކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ ހަމަލާ ފެށިފަހުން މަރުވި މީހުންގެ އަދަދު 700000 އާއި 100000 އާއި ދޭތެރޭގައި އުޅޭއިރު، 170000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ.
އޮކްޓޯބަރު 11 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ފަހުން މަދުވެގެން 421 މީހުން މަރުވެ 1،251 މީހުން ޒަހަމްވެފައެވެ.









