Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާތްﷲގެ ހަޒުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނެ: ހުތުބާ

މާތްﷲގެ ހަޒުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނެ: ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
224 ދުވަސް ކުރިން - 16 ޖެނުއަރީ 2026 15:04
އިސްލާމީ މަރުކަޒު--- ފޮޓޯ: ޚުލާސާ
އިސްލާމީ މަރުކަޒު--- ފޮޓޯ: ޚުލާސާ
ޚުލާސާ

އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ އިސްލާމީ ދައުވަތު ދެއްވުމުގައި ރަސޫލާ އުފުއްލަވަމުން ގެންދެވި ބުރަތަކަށް ކެތްތެރިވެ ވަޑައިގަތް ކެތްތެރިވެ ވަޑައިގަތުމަށް މާތްﷲ ދެއްވެވި މަތިވެރި އިނާމެއް

މާތްﷲގެ ހަޒުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި މި މޭރުމުން ބުނީ ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلمގެ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަށް އަލިއަޅުވާލަމުންނެވެ. ހުތުބާގައި ބުނީ، އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދައުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެކަމަށްޓަކައި ތަހައްމަލުކުރެއްވި ދަތިތަކަށާއި، ކެތްތެރިވެ ވަޑައިގަތް ކެތްތެރިވެ ވަޑައިގަތުމަށް މާތްﷲ ދެއްވެވި މަތިވެރި އިނާމެއް ކަމަށެވެ.

އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނުގެ ނިޔަނެތި އަދި މަދަދުވެރި އަނބިކަނބަލުން ހަދީޖަތުގެފާނާއި އެކަލޭގެފާނަށް ހިމާޔަތް ދެއްވުމުގައި ހުންނެވި ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމައަށް ދެއްވެވި ތަސައްލީއެއް ކަމަށާއި، މި ހާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަ ކަމެއް ވާނޭ ކަން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން، ހިތުގެ ތާހިރުކަމާއި، ސަލާމަތްތެރިކަމާއި، އީމާންކަމުން ފުރިގެންވުމުގެ މުހިއްމުކަމުން އިބުރަތް ލިބިގަންނަންޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެއްވެސް ކަމަކާ ކުރިމަތިލާންވާނީ ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާއެކުގައި ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

ހަގީގީ އެކުވެރިންނާއި ރަހުމަތްތެރިން އެނގޭނީ ކުރިމަތިވާ ބޮޑެތި ކަންކަމުން ކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ކީރިތި ރަސޫލާ، އިސްރާއާއި މިއުރާޖުގެ ވާހަކަފުޅުތައް މައްކާގެ އަހުލުވެރިންގެ ގާތުގައި ދެއްކެވުމުން، އެކަލޭގެފާނު ދޮގުކުރެއްވުމުގައްޔާއި، މުއުމިނުންގެ ހިތްތަކުގައި އެކަލޭގެފާނާ މެދު ޝައްކު އުފެއްދުމަށް މުޝްރިކުން އަވަސްވެގަތް ކަމަށެވެ. އެހެން ނަމަވެސް އެ ނާޒުކު ދަނޑިވަޅުގައި އެއްވެސް ޖެހިލުންވުމަކާއި ނުލައި ސާބިތުކަމާއެކު އެކަލޭގެފާނުގެ ބަސްފުޅުތައް އަބޫބަކުރުގެފާނު ތެދުކުރެއްވި ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އިންސާނާ ކުރާ ކޮންމެ ހެޔޮ ކަަމަކަށް މާތްﷲ މަތިވެރި ސަވާބާއި ދަރުމަދެއްވާނެ ކަން އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން ކަށަވަރުވާ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

7 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

14 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

21 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

28 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

35 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

42 ދުވަސް ކުރިން - 13:00