އަސްކަރީ ތަމްރީނަކަށް ރާއްޖެއަށް އައި އިންޑިއާ ކޯސްޓްގާޑުގެ އައިސީޖީއެސް ވަޖްރާ، ވިލާ ނޯޓިކާގެ ފަރަށް އަރައިފި އެވެ.
މިކަމާ ގުޅޭ ގޮތުން މާ ބޮޑު ތަފްސީލެއް އަދި ލިބިފައިނުވި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާ ކޯސްޓްގާޑުގެ އައިސީޖީ ޑޯނިއާއާއި، އައިސީޖީ އަތުލްޔާއާއި، އައިސީޖީއެސް ވަޖްރާގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑުގެ އެސްއެލްއެންއެސް ސުރަނިމިލާ ވަނީ އަސްކަރީ ތަމްރީނަކަށް ރާއްޖެ އައިސްފަ އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިންވެސް ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.





