ހުޅުމާލެ ފަޅުތެރޭގައި ފައިބަރު މަސައްކަތް ނުކުރަން އަންގައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ގަޑިއިރު ކުރިން - 16 ޖެނުއަރީ 2026 10:38
ހުޅުމާލެ ފަޅުތެރެ---
ހުޅުމާލެ ފަޅުތެރެ---
ޚުލާސާ

ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ހުއްޓާލުމަށް އެޗްޑީސީން ވަނީ އަންގައިފަ

ހުޅުމާލެ ފަޅު ތެރޭގައި ފައިބަރުގެ މަސައްކަތް ނުކުރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އެޗްޑީސީން ނެރެފައިވާ އިއުލާނެއްގައި ބުނީ، ހުޅުމާލޭ ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި ފައިބަރު މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެއީ ތިމާވެއްޓާއި ފަޅުތެރެ ބޭނުންކުރާ މީހުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަކަށް ވާތީ ފައިބަރުގެ މަސައްކަތް ފަޅުތެރޭގައި ކުރުމަކީ މަނާކަމެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެހެންކަމުން ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން މި މަހުގެ 18 ވާ އާދިއްތަ ދުވަހުގެ 00:00ގެ ކުރިން އެ މަސައްކަތް ހުއްޓާލުމަށް ނުވަތަ އެފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް ބަދަލުކުރުމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ.

ދީފައިވާ މުއްދަތުގެ ކުރިން މި މަސައްކަތް ހުއްޓާލާފައި ނުވާ ނަމަ މެރިން ޕޮލިސް އާއި ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެޗްޑީސީއަށް ލިބޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%