67 ޓޫރިސްޓުންނާއެކު މާފުއްޓަށް ދަތުރުކުރަމުންދިޔަ ފެރީއެއް ފަރަށް އަރައިފި

މުހައްމަދު ޖަމްޝަތު | 1 ގަޑިއިރު ކުރިން - 15 ޖެނުއަރީ 2026 16:16
ފަރަށް އެރި ފެރީން ދަތުރުކުރި މީހުން އެނބޫދޫ ފަރުމަތީގައި---ފޮޓޯ:އެމްޕީއެސް
ފަރަށް އެރި ފެރީން ދަތުރުކުރި މީހުން އެނބޫދޫ ފަރުމަތީގައި---ފޮޓޯ:އެމްޕީއެސް
ޚުލާސާ

ފެރީން ދަތުރުކުރި އެންމެންވެސް ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައި

ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮވައިގެން ކ. މާފުއްޓަށް ދަތުރުކުރަމުންދިޔަ ލަކުޑި ފެރީއެއް ފަރަށް އަރައިފި އެވެ.

މެރިން ޕޮލިސް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އެ ފެރީ ފަރަށް އެރީ މިއަދު 11:24 ހާއިރު އެނބޫދޫ ފަރަށެވެ. ފެރީ ފަރަށް އަރަން ދިމާވީ އޭގެ އިންޖީނު ހުއްޓިގެން ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ފެރީން ދަތުރުކުރި އެންމެންވެސް ރައްކާތެރިކަމާއެކު ސަލާމަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފެރީން 67 ޓޫރިސްޓުންނާއި، ތިން ދިވެހިންނާއި ބިދޭސީ ދެ ފަޅުވެރިން ދަތުރުކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ފެރީ ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މާލެ އާއި ގުޅި އަދި މާފުއްޓާ ދެމެދު، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ކޮޅަކަށް އެއް ދަތުރު ކުރާ މި ދޯނި ފެރީއަކީ އަދިވެސް ގިނަ ބަޔަކު ދަތުރުކުރާ އަދި މުދާ އުފުލުމަށް ވެސް ބޭނުންކުރާ އެމްޓީސީސީގެ ފެރީއެކެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%