ޙަމާސްގެ ހަތިޔާރުތައް ނައްތާލުމުގެ މަރުޙަލާ ފަށައިފިން - އެމެރިކާ

ހުސައިން އިސްމާއިލް | 15 ގަޑިއިރު ކުރިން - 15 ޖެނުއަރީ 2026 14:33
ހަމާސްގެ މުޖާހިދަކު ހަތިޔާރާއިއެކު - ހަމާސްގެ ހަތިޔާރުތައް ނައްތާލާނެ ކަމަށް އެމެރިކާ އިން ބުނޭ
ހަމާސްގެ މުޖާހިދަކު ހަތިޔާރާއިއެކު - ހަމާސްގެ ހަތިޔާރުތައް ނައްތާލާނެ ކަމަށް އެމެރިކާ އިން ބުނޭ
ޚުލާސާ

ޣައްޒާ ހަނގުރާމަ ހުއްޓަލުމުގެ ދެވަނަ މަރުޙަލާ އިއްޔެ ފަށާފައިވާއިރު އެންމެ ބޮޑަށް ފޯކަސް ކުރަނީ ޙަމާސްގެ ހަތިޔާރުތައް ނައްތާލުން ކަމަށް އެމެރިކާ އިން ބުނޭ

ޙަމާސްގެ ހަތިޔާރުތައް ނައްތާލުމުގެ މަރުޙަލާ ފަށައިފި ކަމަށް އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅަފައިވާ ސަފީރު ބުނެފިއެވެ. އޭނާ މިހެން ބުނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާ އިއްޔެ ފަށަފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބާއި ޙަވަލާދީ ޚަބަރުތައް ބުނާ ގޮތުގައު އާ މަރުހަޙަގައި ހަނގުރާމަތައް ހުއްޓުވުމުގެ އިތުރުން ދިގު މުއްދަތުގެ ސަލާމަތީ އިންތިޒާމުތަކާއި، ޣައްޒާ އަލުން ބިނާކުރުމަށް ސަމާލުކަން ދީ، ވެރިކަން ހިންގާނެ ގޮތް ފަދަ މުހިންމު ކަންކަމަށް ފޯކަސް ކުރާނެއެވެ.

އެމެރިކާއިން ކަނޑައަޅާފައިވާ ޕްލޭންގެ ދަށުން ޙަމާސްގެ އަސްކަރީ ބާރު ބޮޑުތަނުން ނައްތާލުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ރޮކެޓާއި ބަރު ހަތިޔާރާއި ހަތިޔާރު އެޅި ކޮމާންޑް ސްޓްރަކްޗަރތައް ހިމެނެއެވެ. މީގެ ބަދަލުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން ޣައްޒާގައި ސަރުކާރެއް ޤާއިމްކޮށް، ގެދޮރާއި ހޮސްޕިޓަލްތަކާއި ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމަށް ފަންޑު ކުރާނެއެވެ. ޣައްޒާގެ ވެރިކަން ހިންގާނީ އިސްރާއީލާއި އެމެރިކާއިން ބޭނުންވާ ގޮތަކަށޤ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން ބުނެފައިވަނީ މި ބަދަލު ގެނައުމަށް އެހީތެރިވުމަށް އިންޓަނޭޝަނަލް ސެކިއުރިޓީ އެންޑް މޮނިޓަރިންގ ފޯސް އެއް އުފެއްދުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި ފޯސްގައި ބައިވެރިވާ ޤައުމުތައް ކަށަވަރު ނުވި ނަމަވެސް، އޮފިޝަލުން ވަނީ މިޞްރު، އުރުދުން އަދި ތުރުކިޔޭ ފަދަ ސަރަހައްދީ ޕާޓްނަރުން ވެސް ބައިވެރިވާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

އިސްރާއީލާއި ޙަމާސްއާ ދެމެދު ހިނގި ހަނގުރާމައިގައި ލައްކައެއްހާ މީހުން ޝަހީދުވި ކަމަށް ޙަމާސް އިން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%