އެއާޕޯޓުގައި ހިންގި ޑޮލަރު ފޭރުމުގެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކުރެވިފައިވާ ކަމަށާއި، އެހެންކަމުން މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމްލަ އަށް މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 2026 ޖެނުއަރީ 13 ވަނަ ދުވަހު، މީޒާން / ރ.މަޑުއްވަރި، އިސްމާއިލް ސިރްހާން (30އ) ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ހައްޔަރުކޮށްފަ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 30 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.





