Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފި

ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
181 ދުވަސް ކުރިން - 15 ޖެނުއަރީ 2026 14:26
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުލުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓްތައް--- ފޮޓޯ: ޚުލާސާ
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުލުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓްތައް--- ފޮޓޯ: ޚުލާސާ
ޚުލާސާ

ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށަހެޅުން ފަސްކުރީ މާލޭ ސަރަހައްދުން ދޫކުރާ ބިމާއި ފްލެޓަށް އެދި ގިނަ ފަރާތްތަކުން ހުށަހަޅާނެ ކަމަށް ލަފާކުރެވޭތީ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާ ތާރީހު އަންނަ އާދީއްތަ ދުވަހަށް ފަސްކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭ ސަރަހައްދުން ދޫކުރާ ބިމާއި ފްލެޓަށް އެދި ގިނަ ފަރާތްތަކުން ހުށަހަޅާނެ ކަމަށް ލަފާކުރެވޭތީއާއި، ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 09:00ގައި ޕޯޓަލް އާންމުކޮށް ހުޅުވާލުމަށް ނިންމާފައިވާކަން އާންމުކޮށް އަންގާ އިއުލާންކުރާ ކަމަށެވެ.

Advertisement

Advertisement 1

ފާހަގަކޮށްލަންޖެހޭ ގޮތުގައި، މިއީ ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހަޅަން ހުޅުވާލި މުއްދަތު ފަސްކުރި ތިންވަނަ ފަހަރެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި އަދި 7,500 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1,500 ފުލެޓު އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުން 2,400 ފުލެޓެވެ.

ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް 3,000 ގޯތި، މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން ބިން ތަރައްގީ ކުރަން ދަތިވާ ފަރާތްތަކަށް 1,500 ގޯއްޗެވެ.

ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

2 ދުވަސް ކުރިން - 14:14

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

32 ދުވަސް ކުރިން - 14:50

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

53 ދުވަސް ކުރިން - 13:45

ބޮޑު ބަންދާ ދިމާވުމުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

53 ދުވަސް ކުރިން - 12:55

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް އެދި ހުށަހެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ނުކުޅެދުންތެރި ކުދިންގެ ބެލެނެވެރިންނަށް މިހާރު ފުލެޓަށް ލެވޭނެ

66 ދުވަސް ކުރިން - 13:54

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއްތަލިބާއި ހައިކޮމިޝަނަރު ބައްލަވާލައްވައިފި

71 ދުވަސް ކުރިން - 22:37