Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަފްތާއެއްގެ ތެރޭގައި މާލެ ސިޓީ، ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި 67 އެކްސިޑެންޓް

ހަފްތާއެއްގެ ތެރޭގައި މާލެ ސިޓީ، ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި 67 އެކްސިޑެންޓް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
189 ދުވަސް ކުރިން - 15 ޖެނުއަރީ 2026 11:37
މާލޭ ސިޓީގެ މަގުމަތި--- ފޮޓޯ: ޚުލާސާ
މާލޭ ސިޓީގެ މަގުމަތި--- ފޮޓޯ: ޚުލާސާ
ޚުލާސާ

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލެ ސިޓީގައި

ހަފްތާއެއްގެ ތެރޭގައި މާލެ ސިޓީ، ސިނަމާލެ ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި ޖުމްލަ 67 މަގުމަތީ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލެ ސިޓީގަ އެވެ. އެގޮތުން މާލެ ސިޓީގައި 56 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި 11 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

Advertisement

Advertisement 1

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެ ދުވަހު ޖުމްލަ 13 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ. އެ ދުވަހު 12 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އާންމު ގޮތެއްގައި އެކްސިޑެންޓް ހިނގަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށްވެސް ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި މުއްދަތުގައި އާންމު ގޮތެއްގައި ހިނގާފައިވަނީ ސައިކަލާއި ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓްތަކާއި، ސައިކަލާއި ކާރު ޖެހިގެން ހިނގި އެކްސިޑެންޓްތަކެވެ. މިއިން ކޮންމެ ބާވަތަކުން 19 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ގިނަ އެކްސިޑެންޓްތަކުގައި ދުއްވަން ތިބޭ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބުމުގެ ބަދަލުގައި ލިބިފައިވަނީ އުޅަނދުތަކަށް ލިބުނު ގެއްލުންތަކެވެ. އޭގެ ތެރެއިން 66 އެކްސިޑެންޓުގައި ދުއްވަން ތިބޭ މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތަކާއި ކުދި ގެއްލުންތަކެވެ. އެހެންނަމަވެސް، މާލޭ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށް މަގުމަތި ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ސަމާލުވެ، ޒިންމާދާރުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެކްސިޑެންޓްތައް މަދުކޮށް، އެންމެންނަށް ރައްކާތެރި މަގުތަކެއް ގާއިމުކުރުމަށްޓަކައި، އުޅަނދުފަހަރު ދުއްވާއިރު މަގުމައްޗަށް ސަމާލުކަން ދިނުމަށާއި، ޓްރެފިކް ގަވާއިދުތަކަށް ބޯލެނބުމަށާއި، މަޑުން އުޅަނދު ދުއްވުމުގެ މުހިންމު ކަމަަށް ފުލުހުން ވަނީ އަލިއަޅުވާލައިފަ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމަގުމަތީގެ އެކްސިޑެންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

21 ގަޑިއިރު ކުރިން - 09:28

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

5 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

6 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

6 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

8 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

9 ދުވަސް ކުރިން - 00:36