Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޒަކާތު ކައުންސިލުގެ މަސައްކަތް ފަށައިފި

މުހައްމަދު ޖަމްޝަތު
280 ދުވަސް ކުރިން - 14 ޖެނުއަރީ 2026 19:45
ޒަކާތް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން--- ފޮޓޯ: ޒަކާތު ހައުސް
ޒަކާތް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން--- ފޮޓޯ: ޒަކާތު ހައުސް
ޚުލާސާ

ޒަކާތު ކައުންސިލަކީ ނުވަ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ކައުންސިލެއް. އެ ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފަ

މިއަހަރުގެ އަމަލުކުރަންފެށި ޒަކާތުގެ ގާނޫނުގެ ދަށުން ޒަކާތު ކައުންސިލެއް އެކުލަވާލައި، އެ ކައުންސިލުގެ އެންމެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފި އެވެ.

ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް ނުވަ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ކައުންސިލެކެވެ. މީގެތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީ އާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މެމްބަރުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ޒަކާތާބެހޭ މާހިރުންނެވެ.

މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ މޯލްޑިވްސް ޒަކާތު ހައުސްއަށް ބޭނުންވާ އިސްތިރާޖީ ލަފަޔާއި އިރުޝާދު ދިނުމެވެ. މީގެ އިތުރުން، އިދާރީ ހިންގުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ގައުމީ ޒަކާތުގެ ނިޒާމު ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަމުގައި އިސްވެ ހަރަކާތްތެރިވުމަކީ ވެސް ކައުންސިލުގެ މަސްއޫލިއްޔަތެކެވެ.

Advertisement

Advertisement 1

ޒަކާތު ކައުންސިލް އުފެދި، މޯލްޑިވްސް ޒަކާތު ހައުސް ހިންގުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ފުރަތަމަ ބައްދަލުވުން މިއަދު މިވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލުގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ޒަކާތު ހައުސް އިން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ޒަކާތާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކަމަށެވެ. އަދި ޒަކާތު ހައުސްގެ މަސައްކަތްތައް ނަތީޖާ ނެރެވޭނެ، ދެފުށް ފެންނަ، އަދި ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިދާރީ ގޮތުންނާއި ހިންގުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރި ކަަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

ޒަކާތު ހައުސްއިން ބުނީ ޒަކާތު ކައުންސިލު އުފެދި، މޯލްޑިވްސް ޒަކާތު ހައުސް ހިންގުމާ ގުޅޭ މަޝްވަރާތައް ފެށުމަކީ، ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތާބެހޭ ގާނޫނު ފައިދާހުރި ގޮތެއްގައި ތަންފީޒުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޒަކާތު ހައުސްޒަކާތްމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އިންޒެކް 2026 ގެ ސިލްވަރ ސްޕޮންސަރަކަށް ޕެންޝަން އޮފީސް ހަމަޖައްސައިފިނ

އިންޒެކް 2026 ގެ ސިލްވަރ ސްޕޮންސަރަކަށް ޕެންޝަން އޮފީސް ހަމަޖައްސައިފިނ

1 ދުވަސް ކުރިން - 15:18

ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވެއްޖެ

ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވެއްޖެ

10 ދުވަސް ކުރިން - 16:21

އިންޒެކް 2026 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް މިއަހަރުވެސް ބީއެމްއެލް ހަމަޖައްސައިފި

އިންޒެކް 2026 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް މިއަހަރުވެސް ބީއެމްއެލް ހަމަޖައްސައިފި

16 ދުވަސް ކުރިން - 11:08

“މިއަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު“

“މިއަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު“

18 ދުވަސް ކުރިން - 21:14

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

20 ދުވަސް ކުރިން - 14:03

އިސްލާމީ ދައުވަތުގެ މަސައްކަތް ކާމިޔާބުވާނީ އެކުވެރިކަމާއެކު މަސައްކަތްކޮށްގެން

އިސްލާމީ ދައުވަތުގެ މަސައްކަތް ކާމިޔާބުވާނީ އެކުވެރިކަމާއެކު މަސައްކަތްކޮށްގެން

25 ދުވަސް ކުރިން - 14:28