Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނިންމުން ބަދަލުކޮށް ބަންގްލަދޭޝް އިން އޮން-އެރައިވަލް ވިސާ މެދުކަނޑާނުލަން ނިންމައިފި

ނިންމުން ބަދަލުކޮށް ބަންގްލަދޭޝް އިން އޮން-އެރައިވަލް ވިސާ މެދުކަނޑާނުލަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
142 ދުވަސް ކުރިން - 14 ޖެނުއަރީ 2026 23:21
ފޮރިން މިނިސްޓްރީ---ފޮޓޯ: ޚުލާސާ
ފޮރިން މިނިސްޓްރީ---ފޮޓޯ: ޚުލާސާ
ޚުލާސާ

އާންމު އިންތިހާބާ ގުޅިގެން އޮން އެރައިވަލް ވިސާ ދިނުން ކުރިން މެދުކަނޑާލަން އޮތީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް.

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ބަންގްލަދޭޝްގެ އާންމު އިންތިހާބާ ގުޅިގެން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލާން ނިންމި ނިންމުން އެގައުމުގެ ސަރުކާރުން ބާތިލުކޮށްފި އެވެ.

އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން ބަންގްލަދޭޝްގެ ސަރުކާރުން ނިންމާފައިވާތީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެ ހާލަތުގައި ވިސާ ހޯދުމަށް ހަދަންޖެހޭ ގޮތް އިއްޔެގެ ވަގުތެއްގައި އާންމުކޮށްފަ އެވެ. ނަމަވެސް ނިންމުން ބަދަލުކޮށްފައިވާތީ މިނިސްޓްރީން ވަނީ އެކަން ބާތިލުކޮށްފިކަން ބަންގްލަދޭޝް ސަރުކާރުން އަންގާފައިވާ ކަމަށް ބުނެފަ އެވެ.

Advertisement

Advertisement 1

އާންމު އިންތިހާބާ ގުޅިގެން އޮން އެރައިވަލް ވިސާ ދިނުން ކުރިން މެދުކަނޑާލަން އޮތީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ބަންގްލަދޭޝް ސަރުކާރުން އެކަން އެގޮތަށް އޭރު ހަމަޖެއްސީ އިންތިހާބަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަގްސަދުގަ އެވެ.

ބަންގްލަދޭޝް ސަރުކާރަކީ މިވަގުތު ވަގުތީ ސަރުކާރެކެވެ. އެގައުމުގެ އިންތިހާބީ ބޮޑުވަޒީރު ޝެއިހް ހަސީނާއާ ދެކޮޅަށް އެގައުމުގައި ކުރި މުޒާހަރާތައް ހޫނުވެ މާރަމާރީތަކަށް ބަދަލުވެ ބޮޑެތި ލޭއޮހޮރުވުންތައް ހިނގާފައިވާތީ އެކަމަނާ މަގާމުން އިސްތިއުފާ ދީފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭގަ އެވެ. އިސްތިއުފާ ދެއްވުމަށްފަހު އެކަމަނާ ވަނީ ގައުމު ދޫކޮށް ފިއްލަވާފަ އެވެ.

ބަންގްލަދޭޝްމިނިސްޓްރީ އޮފް ފޮރިން އެފެއާޒް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

10 ދުވަސް ކުރިން - 13:09

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

23 ދުވަސް ކުރިން - 12:11

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަވަސްކުރަނީ

23 ދުވަސް ކުރިން - 12:09

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް

25 ދުވަސް ކުރިން - 15:01

ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ޒިންމާދާރުކަމާއެކު ވާހަކަދެއްކުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ގައުމީ މަސްލަހަތުގައި ވާހަކަދައްކަންވާނީ ޒިންމާދާރުކަމާއެކު: ފޮރިން މިނިސްޓްރީ

27 ދުވަސް ކުރިން - 20:30

އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީ އެމްއެމްއޭއިން ދައްކައި ހަލާސްކޮށްފި

އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި

43 ދުވަސް ކުރިން - 22:54