އެމެރިކާއިން އީރާނަށް ސައިބާ އެޓޭކާއި ވައިގެ ހަމަލާދޭން ވިސްނަނީ

ހުސައިން އިސްމާއިލް | 17 ގަޑިއިރު ކުރިން - 14 ޖެނުއަރީ 2026 13:10
ޓްރަމްޕް ގެންދަވަނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީ ތަކާއި ހަތިޔާރު ގުދަންތަކަށް ހަމަލާ ދިނުމާއި މެދު ވިސްނަމުން
ޓްރަމްޕް ގެންދަވަނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީ ތަކާއި ހަތިޔާރު ގުދަންތަކަށް ހަމަލާ ދިނުމާއި މެދު ވިސްނަމުން
ޚުލާސާ

އީރާނު ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށް މެސެޖުތައް ޕޯސްޓްކޮށް، މުޒާހަރާގެ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ

އެމެރިކާއިން މިވަގުތު އީރާނަށް ހަމަލާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ވޮޝިންޓަނުން ޓްރަމްޕަށް އިރުޝާދު ދީފައި ވަނިކޮށް، ތެހެރާނު ސަރުކާރާއި ދެކޮޅަށް އަސްކަރީ ބާރު ބޭނުން ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދަވާ ކަމަށް އެމެރިކާ އާއި ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިކަމުގައި އަދި ގޮތެއް ފައިނަލް ނުވާއިރު، މި މައްސަލައަށް އަހުލުވެރި އޮފިޝަލުން ބުނާ ގޮތުގައި އީރާނުގެ ސަރުކާރަށް ޕްރެޝަރު ކުރުމަށް އަމާޒުކޮށްގެން އެމެރިކާ އިން މަސައްކަތް ކުރަން އުޅެނީ ވައިގެ ހަމަލާތަކާއި ސައިބަރ އޮޕަރޭޝަންތައް ވެސް ހިމެނޭ ގޮތަށެވެ. އެގޮތުން ޓްރަމްޕް ގެންދަވަނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީ ތަކާއި ހަތިޔާރު ގުދަންތަކަށް ހަމަލާ ދިނުމާއި މެދު ވިސްނަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އީރާނުގެ މުޒާހަރާގެ ބައިވެރިންނަށް ޓްރަމްޕް ގެންދަވަނީ ތާއީދު ކުރައްވަމުންނެވެ. އީރާނު ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށް މެސެޖުތައް ޕޯސްޓްކޮށް، މުޒާހަރާގެ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ އޮފިޝަލުން ބުނީ އެމެރިކާއިން އެ ގައުމަށް ހަމަލާ ދީފިނަމަ އީރާނުގެ ރައްދު ވަރަށް ނުރައްކާތެރިވާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%