ހަނގުރާމަ ހުއްޓާލި ފަހުން ޣައްޒާގެ 2500އަށް ވުރެ ގިނަ ގެ ތަޅާލައިފި

ހުސައިން އިސްމާއިލް | 20 ގަޑިއިރު ކުރިން - 14 ޖެނުއަރީ 2026 09:58
ޔަހޫދީ ސިފައިން ޣައްޒާގެ ގެއެއް ތަޅާލަނީ
ޔަހޫދީ ސިފައިން ޣައްޒާގެ ގެއެއް ތަޅާލަނީ
ޚުލާސާ

ޣައްޒާ ހަނގުރާމައިގައި ޒައެނިސްޓް ސިފައިން ވަނީ 384،000 އަށް ވުރެ ގިނަ ގެ ތަޅާލާފަ

ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ފަހުން ޣައްޒާ އަށް ޔަހޫދީން ދިން ގެއްލުންތަކުގެ ތެރޭގައި 2500 އަށް ވުރެ ގިނަ އިމާރާތް ތަޅާލާފައިވާ ކަމަށް އެމެރިކާގެ މިޑިއާ އަކުން ޝާއިއުކުރި ސެޓެލައިޓް ފޮޓޯތަކުން ދައްކައިފިއެވެ.

7 އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 71،412 އަށް އަރާފައިވާ ކަމަށް މަސްދަރުތަކުން ބުނާއިރު 171،314 މީހުން ވަނީ ޒަޚަމް ވެފައެވެ. މީގެ އިތުރުން ވެސް އެތައް ހާސް ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް ޔަހޫދީ ދައުލަތުން ވަނީ ޣައްޒާގެ 442 މީހުން ޝަހީދުކޮށްލާފައެވެ. އަދި 1،236 މީހުން ވަނީ ޒަޚަމްވެފައެވެ.

ޣައްޒާ ހަނގުރާމައިގައި ޒައެނިސްޓް ސިފައިން ވަނީ 384،000 އަށް ވުރެ ގިނަ ގެ ތަޅާލާފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%