ހޫޘީންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލު ބަނދަރު އަދިވެސް ޕެރަލައިޒްވެފަ!

ހުސައިން އިސްމާއިލް | 20 ގަޑިއިރު ކުރިން - 14 ޖެނުއަރީ 2026 10:15
ހޫޘީންގެ ސަބަބުން ހުއްޓިފައިވާ އިސްރާއީލުގެ އީލާތު ބަނދަރު
ހޫޘީންގެ ސަބަބުން ހުއްޓިފައިވާ އިސްރާއީލުގެ އީލާތު ބަނދަރު
ޚުލާސާ

ޔަހޫދީންނާއި ގުޅުން ހުރި ބޯޓުތަކަށް ހަމަލާދީ، ހޫޘީން ހިންގި އަމަލުތަކުގެ ސަބަބުން އިސްރާއީލުގެ ބަނދަރު "ގާތްގަނޑަކަށް މުޅިން ޕެރެލައިޒް" ވެފައިވާ ކަމަށް ޔަހޫދީން ބުނޭ

ފާއިތުވި ދެ އަހަރު ތެރޭގައި ޔަމަނުގެ ހޫޘީ ޖަމާއަތުން ދިން ހަމަލާތަކުގެ ސަބަބުން ރަތް ކަނޑުގައި އޮންނަ އިސްރާއީލުގެ އީލާތު ބަނދަރުގެ އާމްދަނީ ގާތްގަނޑަކަށް ސުމަކަށް ވެއްޓިފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

މިއީ ޔަހޫދީންގެ ތާރީހުގައި ވެސް ހޫތީންގެ ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ފަހަރެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި ހޫޘީ ޖަމާއަތުން ވަނީ އެތައް ސަތޭކަ މިސައިލާއި ޑްރޯންތަކެއް އިސްރާއީލަށް ފޮނުވާލާފައެވެ. އަދި ރަތް ކަނޑުގައި އިސްރާއީލާއި ގުޅިފައިވާ ބޯޓުތަކަށް ހަމަލާދީ އިސްރާއީލާއި ގުޅިފައިވާ ވިޔަފާރި އުޅަނދުތަކަށް ވަނީ ހުރަސް އަޅާފައެވެ.

އިސްރާއީލުން ބުނީ ރަތް ކަނޑުގެ ޝިޕިން ރޫޓްތަކަށް ދެއަހަރަށް ވުރެ ގިނަ ދުވަހު ބުރޫ އަރާފައިވާ ކަމަށާއި، ބޯޓުތަކަށް ހަމަލާދީ، ހޫޘީން ހިންގި އަމަލުތަކުގެ ސަބަބުން އިސްރާއީލުގެ ބަނދަރު "ގާތްގަނޑަކަށް މުޅިން ޕެރެލައިޒް" ވެފައިވާ ކަމަށެވެ.

އަދި ބުނީ ކޮންމެ ދުވަހަކު ހެނދުނު ބަނދަރުތަކަށް މުވައްޒަފުން މަސައްކަތް ކުރަން ތައްޔާރުވެގެން އަންނަ ކަމަށާއި ނަމަވެސް އެއްވެސް ބޯޓެއް ނާންނަ ކަމަށެވެ.

އިސްރާއީލުގެ ރިޕޯޓުގައިވާ ގޮތުން ކުރިން އަހަރަކު ގާތްގަނޑަކަށް 240 މިލިއަން ޝެކެލް (76 މިލިއަން ޑޮލަރު) ވަންނަ ބަނދަރު މިހާރު ވަނީ ގާތްގަނޑަކަށް ސުމަކަށް ވެއްޓިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%