އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން 168 އަށް ވުރެ ގިނަ ނޫސްވެރިން ޝަހީދު ކޮށްލައިފިއެވެ.
މިއީ ތާރީހުގައި ވެސް މީޑިއާގެ މުވައްޒަފުންނަށް ކުރިމަތިވި އެންމެ ބޮޑު މަރުގެ ހާދިސާތަކެވެ. މި ހިސާބުތަކުން ހާމަވަނީ މި ސަރަހައްދުގައި އަނިޔާވެރިކަމާއި ފަނާކުރުން އިތުރުވެފައިވާ މި ހަމަނުޖެހުން ކަވަރުކުރާ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތަތައް ކަމަށްވާއިރު، ސީދާ ގަސްދުގައި ނޫސްވެރިންނަށް ހަމަލާ ދީފައިވާކަމަށް މީގެކުރިން އަލްޖަޒީރާގައި ބުނެފައި ވެއެވެ.
ޣައްޒާއަށް ދޭ ހަމަލާތަކުގައި 40،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 92،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ފަލަސްތީނުގެ އާބާދީގެ 2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާޅުގައި ޖެހިފައެވެ.
ބައިނަލްއަގްވާމީ އިދާރާތަކާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ ނޫސްވެރިންނަށް އަމާޒުކޮށްގެން ދޭ ހަމަލާތަކުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މީގެއިން އެއްވެސް ކަމަކަށް އިސްރާއީލުން ފަރުވާލެއް ނުބަހައްޓައެވެ.









