Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބަންގްލަދޭޝް އިން އެއް މަސް ދުވަހަށް އޮން-އެރައިވަލް ވިސާ މެދުކަނޑާލަނީ

ބަންގްލަދޭޝް އިން އެއް މަސް ދުވަހަށް އޮން-އެރައިވަލް ވިސާ މެދުކަނޑާލަނީ

އައިޝަތު ރުވާ ރިފްޢަތު
235 ދުވަސް ކުރިން - 13 ޖެނުއަރީ 2026 22:38
ފޮރިން މިނިސްޓްރީ---ފޮޓޯ: ޚުލާސާ
ފޮރިން މިނިސްޓްރީ---ފޮޓޯ: ޚުލާސާ
ޚުލާސާ

އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ނިޔަލަށް. މިއީ އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި އެޅިފިޔަވަޅެއް.

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިހާބާ ގުޅިގެން އެގައުމަށް ދަތުރުކުރާ ފަރާތްތަކަށް އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލައިފި އެވެ.

އެގައުމުގެ އާންމު އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ. އެހެންކަމުން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ނިޔަލަށެވެ. މިއީ އިންތިހާބާ ދިމާކޮށް އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މަގުސަދުގައި އަޅާފައިވާ ފިޔަވަޅެކެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ މި މުއްދަތުގައި ބަންގްލަދޭޝް އަށް ދަތުރުކުރަން ބޭނުންވާ ފަރާތްތައް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ވިސާ ނެގުމަށް އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން އޮން އެރައިވަލް ވިސާއާ ގުޅޭ އެންމެހާ ތަފްސީލުތައް ބަންގްލަދޭޝްގެ ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ލިންކު މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement

Advertisement 1

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަން ހުންނާނީ ހުޅުމާލެ ފޭސް-1 / ނިރޮޅުމަގު ގޯޅި 16 ޕްލޮޓް 10982 ގައެވެ. ވިސާއާ ބެހޭ މައުލާމާތެއް ސާފުކޮށްލަން ބޭނުންވާ ފަރާތްތައް ހައި ކޮމިޝަންގެ ނަންބަރު 3320859 އަށް ގުޅުއްވައި، ނުވަތަ mission.male@mofa.gov.bd އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

ބަންގްލަދޭޝް އަކީ ދިވެހިން ކޮންމެވެސް ވަރަށް ގޮސް އުޅޭ ގައުމެކެވެ. ހާއްސަ ގޮތެއްގައި މެޑިސިން ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމަށް ދިވެހިން ބަންގްލަދޭޝް އަށް ގޮސް އުޅެ އެވެ.

ބަންގްލަދޭޝް އަކީ ބަރުލަމާނީ ނިޒާމުގެ ވެރިކަމެއް އޮންނަ ގައުމެކެވެ. 2024 ވަނަ އަހަރު ފަސް ވަނަ ފަހަރަށް އެގައުމުގެ ބޮޑު ވަޒީރު ކަމުގެ މަގާމާ ހަވާލުވި ޝެއިހް ހަސީނާ، އޮގަސްޓް 05، 2024 ވަނަ ދުވަހު އިސްތިއުފާ ދިނީ ވަޒީފާ ކޯޓާގެ މައްސަލަތަކާ ގުޅިގެން އެގައުމުގެ ދަރިވަރުންތަކެއް ކުރި މުޒާހަރާތައް ހޫނުވެ، ބޮޑެތި މާރަމާރީތަކަށް ބަދަލުވެ އޭރުގެ ސަރުކާރަށް ކޮންޓްރޯލް ނުވާ ހިސާބަށް ދިޔުމުންނެވެ. ހަސީނާ ވަނީ އެދުވަހު އިސްތިއުފާދީ އެގައުމުން ވެސް ފިއްލަވާފަ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްބަންގްލަދޭޝް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

9 ދުވަސް ކުރިން - 20:12

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

53 ދުވަސް ކުރިން - 20:25

"އަހަރެން ހައްޔަރުވެސް ކޮށްފާނެ ނުވަތަ މަރާވެސް ލަފާނެ، ނަމަވެސް އެނބުރި ގައުމަށް ދާން ނިންމައިފިން": ޝެއިހް ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ކޯޓަށް ހާޒިރުވާން ނިންމަވައިފި

57 ދުވަސް ކުރިން - 16:10

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

65 ދުވަސް ކުރިން - 13:33

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

72 ދުވަސް ކުރިން - 13:00

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

101 ދުވަސް ކުރިން - 13:09