Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފި

ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
228 ދުވަސް ކުރިން - 13 ޖެނުއަރީ 2026 20:26
ބަންދުގައި ބަހައްޓައިގެން ހޯދުމަށް އަމުރުކޮށްފައިވަނީ އަލީ ރަޝީދު (26 އަހަރު).
ބަންދުގައި ބަހައްޓައިގެން ހޯދުމަށް އަމުރުކޮށްފައިވަނީ އަލީ ރަޝީދު (26 އަހަރު).
ޚުލާސާ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކުރީ ހދ. ވައިކަރަދޫ / މިލާފަރު، އަލީ ރަޝީދު (28އ).

ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މުއައްސަސާއަށް އަމުރުކޮށްފި އެވެ.

ފުލުހުންގެ ފަރާތުން ބުނެފައިވަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ނަމަވެސް ކޯޓަށް ހާޒިރުކުރެވިފައިނުވާތީ ހދ. ވައިކަރަދޫ / މިލާފަރު، އަލީ ރަޝީދު (28އ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ 14 ޖެނުއަރީ 2026 ވަނަ ދުވަހުގެ ހެނދުނު 09:00 އަށެވެ. އަލީ ރަޝީދު ކޯޓަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ދައުވާކުރާ އަދަބެއް ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލައަކާ ގުޅިގެންނެވެ.

Advertisement

Advertisement 1

މިދިޔަ އަހަރު މެއި މަހުގެ 16 ވަނަ ދުވަހުގެރޭ މާފަންނު ލެމަންގްރާސް މަގުގައި އެ މަގުން ދިޔަ އަންހެނަކު ހިފަހައްޓައި، ހަނި ގޯޅިއެއްތެރޭ ހުރި ކޮޓަރިއަކަށް ވައްދާ އަންހެން މީހާ ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި އަލީ ރަޝީދު އަދި ހދ. ނޭކުރަންދޫ / ވިނަރެސް، އާދަމް ވިޝާން (18އ) ވަނީ އޭރު ހައްޔަރުކޮށްފަ އެވެ. އަދި އެ މަހުގެ 26 ވަނަ ދުވަހު މި ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި މި ދެމީހުންގެ މައްޗަށް ވަނީ ދައުވާކޮށް ކޯޓަށް ފޮނުވައިފަ އެވެ.

ގަދަކަމުން އެ އަންހެންމީހާ ގެންދާތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް---

ޖުމްލަ ފަސް ފަހަރެއްގެ މަތިން ކޯޓުގެ މުއްދަތު އިތުރުކުރުމަށްފަހު ޕީޖީގެ އެދިލެއްވުމަކަށް އޭރު މި ދެމީހުން ވަނީ ދޫކޮށްލާފަ އެވެ. ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ އެމީހުން ދޫކޮށްލަން އެދުނު މައިގަނޑު ސަބަބަކީ ރޭޕްކުރަން އުޅުނު ކަމުގެ ބޮޑު ދައުވާއެއް ކުރެވޭނެ ވަރުގެ ހެކި ނެތުމުން ކަމަށެވެ. ނަމަވެސް އެ ދެމީހުން އޭރު ދޫކޮށްލީ ރޭޕްކުރަން އުޅުނު އަންހެން މީހާއާ ބައްދަލުކޮށް އަދި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް ޝަރުތުކޮށްފަ އެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިދާރާގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްރޭޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަނިޔާވި ކުޑަކުއްޖާ އައިޖީއެމްއެޗްއަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އަނިޔާވި ކުޑަކުއްޖާ އައިޖީއެމްއެޗްއަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނީ

2 މިނެޓު ކުރިން - 11:38

ހުޅުމާލެ ފޭސް 2ގައި ބިރުވެރި އެކްސިޑެންޓެއް: 9 އަހަރުގެ ކުޑަކުއްޖެއް ވެންޓިލޭޓަރުގައި!

ހުޅުމާލެ ފޭސް 2ގައި ބިރުވެރި އެކްސިޑެންޓެއް: 9 އަހަރުގެ ކުޑަކުއްޖެއް ވެންޓިލޭޓަރުގައި!

9 ގަޑިއިރު ކުރިން - 02:07

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާ 15 ދުވަހަށް ބަންދުކޮށްފި!

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާ ބަންދުކޮށްފި

16 ގަޑިއިރު ކުރިން - 19:03

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

2 ދުވަސް ކުރިން - 14:08

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

5 ދުވަސް ކުރިން - 07:25