Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާއިން އިރާނަށް ބާރު ފޯރުވުމާ ދެކޮޅު، އެކަމަކު މުޒާހަރާގެ ބައިވެރިންނަށް ތާއިދުކުރަން: ނަޝީދު

އެމެރިކާއިން އިރާނަށް ބާރު ފޯރުވުމާ ދެކޮޅު، އެކަމަކު މުޒާހަރާގެ ބައިވެރިންނަށް ތާއިދުކުރަން: ނަޝީދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
189 ދުވަސް ކުރިން - 13 ޖެނުއަރީ 2026 14:14
ކުރީގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުރީގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

އިރާންގެ ޒުވާނުން ތަހައްމަލްކުރަމުންދާ އަނިޔާތައް އެނގިވަޑައިގަންނަވާ ކަމަށާއި، ހައްގުތަކަށްޓަކައި މަސައްކަތްކޮށް ވަކާލާތުކުރާ އިރާނުގެ ޒުވާނުންނާއެކު ސާބިތުކަމާއެކު ހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވި

އެމެރިކާއިން އިރާނަށް ބާރު ފޯރުވުމާ ދެކޮޅު ހައްދަވާ ކަމަށާއި، އެހެންނަމަވެސް އިރާންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ޒުވާނުންނަށް ތާއިދުކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މި މޭރުމުން ވިދާޅުވީ އީރާނުގެ ރައްޔިތުން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކުގައި، މުސްލިމުންގެ ހައިސިއްޔަތުން ތިބެންވީ އީރާނުގެ ރައްޔިތުންނާއެކު ކަމަށާއި އެ ގައުމުގެ އިސްލާމީ ދައުލަތާއެކީ އެކުގައިނޫން ކަމަށް ވިދާޅުވެ، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓަށް ސްރީލަންކާގައި ހުންނަ އިރާންގެ އެމްބަސީން ރައްދުދިނުމާ ގުޅިގެންނެވެ.

Advertisement

Advertisement 1

އީރާންގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ފަހަތުގައި އެމެރިކާ އާއި އިސްރާއީލް އޮތްކަމަށް އީރާނުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެކަމަށް ނުސީދާ ބަހުން ރައްދުދެއްވަމުން ނަޝީދު ވިދާޅުވީ މިކަމަކީ ރާއްޖޭގެ މާޒީ ވެސް ހަނދާންކޮށްދޭ ކަމެއް ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެކޮޅަށް އޭރުގެ އިދިކޮޅު އެކްޓިވިސްޓުން އިހުތިޖާޖު ކުރުމުން، އެއީ ކްރިސްޓިއަން މިޝަނަރީންގެ އެހީގައި ކުރާ ކަމެއްގެ ގޮތުގައި ރައީސް މައުމޫން ސިފަކުރައްވާ ކަަމަށް ނަޝީދު ވިދާޅުވި އެވެ.

އިރާންގެ ޒުވާނުން ތަހައްމަލްކުރަމުންދާ އަނިޔާތައް އެނގިވަޑައިގަންނަވާ ކަމަށާއި، ހައްގުތަކަށްޓަކައި މަސައްކަތްކޮށް ވަކާލާތުކުރާ އިރާނުގެ ޒުވާނުންނާއެކު ސާބިތުކަމާއެކު ހުންނަވާނެ ކަމަށް ނަޝީދު އިތުރަށް ވިދާޅުވި އެވެ.

އިރާންގެ ރައްޔިތުން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާ އެ ގައުމުގެ އެކި ސިޓީތަކަށް ވަނީ ފުޅާވެފަ އެވެ. މި މުޒާހާރާގައި، މުޒާހަރާކުރާ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި މަދު މީހަކު ނަމަވެސް ވަނީ މަރުވެފަ އެވެ. މި މުޒަހަރާ ހުއްޓުވުމަށް އިރާނުގެ ސަރުކާރުން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެމެރިކާއިންވެސް ވަނީ އިރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފަ އެވެ. އެގޮތުން މުޒާހަރާކުރާ މީހުންނަށް ހަމަލާދޭނަމަ، އީރާނަށް ހަމަލާ ދޭނެކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

އީރާންއީރާން - އެމެރިކާރައީސް މުޙައްމަދު ނަޝީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

1 ދުވަސް ކުރިން - 22:44

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

2 ދުވަސް ކުރިން - 22:05

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

2 ދުވަސް ކުރިން - 13:25

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

3 ދުވަސް ކުރިން - 14:01

އީރާނު ހަނގުރާމަ އަށް އެމެރިކާ އިން ގިނައަދަދެއްގެ ރިފިއުލިންގް ބޯޓުތައް  ފޮނުވަން ނިންމައިފި

އީރާނު ހަނގުރާމަ އަށް އެމެރިކާ އިން ގިނައަދަދެއްގެ މަތިންދާބޯޓު ފޮނުވަން ނިންމައިފި

3 ދުވަސް ކުރިން - 10:43

ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ތެޔޮ ޕްލެޓްފޯމަކަށް ޙަމަލާ ދީފި

ކުވައިތުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށާއި ތެޔޮ ޕްލެޓްފޯމަކަށް ޙަމަލާ ދީފި

4 ދުވަސް ކުރިން - 11:47