އެމެރިކާ އިން އީރާނާއި އަސްކަރީ ގޮތުން ކުރިމަތިލާން ބޭނުން ނަމަ އެކަމަށްޓަކައި އީރާން އޮތީ ހުރިހާ ގޮތަކުން ތައްޔާރަށް ކަމަށް، އީރާނުގެ ފޮރިން މިނިސްޓަރު ޢައްބާސް ޢަރާޤްޖީ އިންޒާރު ދެއްވައިފިއެވެ.
ޣަރާޤްޖީ ވިދާޅުވީ ކުރީ އަހަރުތަކާއި އަޅާބަލާއިރު މިހާރު އެޤައުމުގައި އެމެރިކާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންވާ ހުރިހާ ވަޞީލަތެއް އެންމެ ފުރިހަމަޔަށް އެބަހުއްޓެވެ. އެހެންކަމުން ކުރިމަތިލުމުގެ ބަދަލުގައި މަޝްވަރާ ކުރުމަށް ވޮޝިންޓަނަށް އިލްތިމާސް ކުރައްވައި، ހަމަނުޖެހުންތަކުގެ ތެރޭގައި އެމެރިކާ އާއި މުއާމަލާތް ކުރުމުގެ ދޮރުތައް ހުޅުވާފައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
އީރާނުން މި އިންޒާރު ދީފައިވަނީ އެ ޤައުމަަށް އަސްކަރީ ފިޔަވަޅުތައް ހިމެނޭ ގޮތަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށެވެ.






