Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިފައިންގެ ރިޓަޔަރމަންޓް އިނާޔަތް ދިނުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި

ސިފައިންގެ ރިޓަޔަރމަންޓް އިނާޔަތް ދިނުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި

އައިޝަތު ރުވާ ރިފްޢަތު
194 ދުވަސް ކުރިން - 12 ޖެނުއަރީ 2026 23:57
ސިފައިންގެ ރަސްމިއްޔާތެއްގެ ތެރެއިން...
ސިފައިންގެ ރަސްމިއްޔާތެއްގެ ތެރެއިން...
ޚުލާސާ

މި އިނާޔަތް އަލުން ލިބެން ފަށާނީ އެ ވަޒީފާއިން ވަކިވާ މަސް ނިމުމަށްފަހު، ދެން ފެށޭ މަހުން ފެށިގެންކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވޭ

ސިފައިންގެ ވަޒީފާއިން ރިޓަޔަރވުމަށްފަހު ދައުލަތުގެ އެހެން މަގާމުތައް އަދާކުރާ ފަރާތްތަކަށް ރިޓަޔަރމަންޓް އެލަވަންސް ނުލިބޭ ގޮތަށް "ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދު" އިސްލާހުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު މި އިސްލާހު ގެނެސްފައިވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ އެންގެވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އަލަށް އަމަލުކުރަން ފެށި ގަވާއިދުގައިވާ ގޮތުން ރިޓަޔަރމަންޓް އިނާޔަތް ލިބޭ ގޮތަށް ވަޒީފާއިން ވަކިވެފައިވާ މީހަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ އިދާރާއެއްގައި ނޫނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ، އެ އާ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ މީހަކަށް ރިޓަޔަރމަންޓް އިނާޔަތެއް ނުލިބޭނެ އެވެ. މި އިނާޔަތް އަލުން ލިބެން ފަށާނީ އެ ވަޒީފާއިން ވަކިވާ މަސް ނިމުމަށްފަހު، ދެން ފެށޭ މަހުން ފެށިގެންނެވެ.

Advertisement

Advertisement 1

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރިޓަޔަރވެފައިވާ މީހަކު އިންތިހާބީ މަގާމަކާ ނުވަތަ ދައުލަތުގެ އެހެން މަގާމަކާ ހަވާލުވުމަށްފަހު، އެކަން ޕެންޝަން އޮފީހަށް ނުވަތަ އެ އިނާޔަތް ދޭ އިދާރާއަކަށް އަންގަން ޖެހޭނެއެވެ. އެކަން ނާންގާ އޮތުމުގެ ސަބަބުން އިނާޔަތް ލިބެމުން ގޮސްފައިވާނަމަ، އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައިވެ އެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ރިޓަޔަރޑް ބޭފުޅުން މަގާމުތަކަށް އައްޔަންކުރުމުން އެލަވަންސާއި މުސާރަ ލިބިގެން ދައުލަތުގެ ހަރަދު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ކަމާބެހޭ ހުރިހާ އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ. މިއީ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް، އަދި އެމަނިކުފާނުވެސް ގަބޫލުކުރައްވާ ހަމައެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މި އާ އިސްލާހަކީ މިހާރު ރިޓަޔަރކޮށްފައި ތިބި އެންމެންގެ މައްޗަށްވެސް ހިނގާނެ ބަދަލެކެވެ. ސިފައިންގެ އިތުރުން، ފުލުހުންގެ ރިޓަޔަރމަންޓް އުސޫލަށްވެސް މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ މިފަދަ ބަދަލެއް ގެނެސްފަ އެވެ.

އެމްއެންޑީއެފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

9 ދުވަސް ކުރިން - 20:18

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

35 ދުވަސް ކުރިން - 20:14

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް ފަށައިފި

36 ދުވަސް ކުރިން - 15:11

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

47 ދުވަސް ކުރިން - 17:31

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

50 ދުވަސް ކުރިން - 18:46

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

52 ދުވަސް ކުރިން - 15:33