Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމޭނެ: މިނިސްޓަރު ޝަފީއު

ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމޭނެ: މިނިސްޓަރު ޝަފީއު

އައިޝަތު ރުވާ ރިފްޢަތު
228 ދުވަސް ކުރިން - 12 ޖެނުއަރީ 2026 20:52
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު/ ފޮޓޯ: ރައީސް އޮފީސް
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ އަމަލީ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަށާފައިވާއިރު، މިހާތަނަށް އަތޮޅުތަކުގެ 60 އިންސައްތަ ރަށްތަކަށް ފޮތްތައް ފޮނުވާ ނިމިފައިވޭ

އާ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޯރުކޮށްދީ ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އާ އަހަރަށް ތައްޔާރުވުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފޮތްތައް ފޮނުވުމުގައި ބައެއް ދަތިތަކާއި ގޮންޖެހުންތައް ހުރި ނަމަވެސް، ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ އަމަލީ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަށާފައިވާއިރު، މިހާތަނަށް އަތޮޅުތަކުގެ 60 އިންސައްތަ ރަށްތަކަށް ފޮތްތައް ފޮނުވާ ނިމިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މާލޭގެ ގިނަ ސްކޫލްތަކުގައި މިހާރު ދަރިވަރުންނަށް ފޮތްތައް ބަހަން ފަށާފައިވާކަން ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.

Advertisement

Advertisement 1

ކޮންމެ ރަށަކަށްވެސް ފޮތް ފޮނުވަނީ އެ ސްކޫލަކަށް އެ އަހަރަކު އަލަށް ވަންނަ ދަރިވަރުންނާއި ތިބި ދަރިވަރުންގެ އަދަދަށް ރިއާޔަތްކޮށްގެންނެވެ.

މި މަސައްކަތުގައި ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިން އަރަބިއްޔާ ސްކޫލްގެ ގުދަނުގައި ކުރަމުންދިޔަ މަސައްކަތްތައް އަމީނިއްޔާ ސްކޫލަށް ބަދަލުކުރުމާ ގުޅިގެން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭގެ އުތުރު ބަނދަރު ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން، އަތޮޅުތަކަށް ފޮނުވާ ތަކެތި ބޯޓުފަހަރަށް ބަރުކުރުމުގައި ވެސް އުނދަގޫތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މިކަންކަމާއެކުވެސް 100 އިންސައްތަ ޔަގީންކަން ދެއްވާކަމަށާއި ސްކޫލް ހުޅުވުމުގެ ކުރިން ފޮތްތައް ހަވާލުކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާކަމަށެވެ.

ފޮތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި މުދައްރިސުން ހަމަކުރުމުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، ސްކޫލްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި އިންތިޒާމުތައް ފުރިހަމަވެފައި ހުރުމަށްކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

89 ދުވަސް ކުރިން - 17:03

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

136 ދުވަސް ކުރިން - 19:47

ރޯވި ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުމެއް ނުހުއްޓޭނެ އެޑިއުކޭޝަން މިނިސްޓަރު

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

148 ދުވަސް ކުރިން - 14:03

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

183 ދުވަސް ކުރިން - 13:49

މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށަނީ

މަޖީދިއްޔާ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށަނީ

211 ދުވަސް ކުރިން - 23:11

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަނީ

214 ދުވަސް ކުރިން - 13:55